twitterviber whatsapp telegramfacebookyoutube instagram
28th March 2024

އޭޑީކޭ ނޯތް ޑިސްޓްރިބިއުޝަން ސެންޓަރުގެ 2 މަގާމަކަށް މީހުން ހޯދަނީ

Aug 13, 2017

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ އޭޑީކޭ ނޯތް ޑިސްޓްރިބިއުޝަން ސެންޓަރުން 2 މަގާމަކަށް މީހުން ހޯދުމަށް އިއުލާން ކޮށްފި އެވެ.

އެގޮތުން އިއުލާން ކޮށްފައިވާ ދެ މަގާމަކީ ސޭލްސް އެންޑް އޮޕަރޭޝަން އެކްސެކްޓިވް އަދި ޑެލިވަރީ ކްރޫއަށެވެ.

އޭޑީކޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސޭލްސް އެންޑް އޮޕަރޭޝަން އެކްސެކްޓިވްގެ މަގާމަށް އެދޭ ފަރާތްތަކުން މަދު ވެގެން ވަޒީފާއާއި ގުޅުން ހުރި ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާއާއެކު ކޮމްޕިއުޓަރު ގެ ހުނަރު އެގެން ވާނެ އެވެ. އަދި ރީތިކޮށް ވާހަކަ ދެއްކަން އެކުމާއެކު އިގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދައްކަން އެގެންވާނެ އެވެ. އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކުރަން އެގުމާއި މަސައްކަތް ފަރުވާތެރި ވާން ޖެހޭނެ ކަމަށާއި އަދި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (ސީ1، ސީ2 ނުވަތަ މަތިން) އޮންނަން ވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ޑެލިވަރީ އޮފިސަރ ގެ މަގާމަށް ކުރިމަތިލާން ފަރާތްތަކުން ދަށް ވެގެން އޯލެވެލް ހަދާފައިވުމާއި އެކު ބުރަ މަސައްކަތް ކުރެވޭފަދަ ސިއްހަތެއްގައި ހުރުމާއި ދިވެހި އަދި އިގިރޭސިން ވާހަކަ ދައްކަން އެގެން ވާނެ އެެވެ. އަދި މި ދާއިރާގައި މަސައްކަތް ކޮށްފައި ތިބި މީހުންނަށް އިސްކަންދެވޭނެ ކަމަށާއި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (ސީ1، ސީ2 ނުވަތަ މަތިން) އޮންނަން ވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ދެ ވަޒީފާއަށްވެސް މުސާރަ ހަމަޖެހިގެންދާނީ ފެންވަރަށް ބަލާ ދެ ފަރާތުން ހިތްހަމަޖެހޭ ގޮތަކަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355