twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކުޅުދުއްފުށީގައި ބޭއްވި ޕީޕީއެމް ވެހިކަލު ބުރަށް: ގަޑިއިރަކަށް ކާރަކަށް 200ރ

Aug 14, 2017

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޕީޕީއެމްއިން އިސްނަގައިގެން މިދިޔަ ހޮނިހިރުދުވަހު ކުޅުދުއްފުށީގައި ބޭއްވި ވެލިކަލު ބުރަށް ޓެކްސީތައް ގެންގޮސްފައިވަނީ ގަޑިއަކަށް 200 ރުފިޔާދީގެންކަން އެނގިއްޖެ އެވެ.

ސަރުކާރުގެ އިވެންޓެއްކަމަށް ބުނެ ކުޅުދުއްފުށީގައި ބޭއްވި މި ވެހިކަލު ބުރަށް ގިނަ އަދަދެއްގެ ކާރު ބައިވެރިކޮށްފައިވެ އެވެ. ކޭއޯއަށް ވާހަކަދެއްކި ޓެކްސީ ޑްރައިވަރުން ބުނީ ޕީޕީއެމްގެ އެ ހަރަކާތްތައް ކާރުތައް ކުއްޔަށް ހިފީ ގަޑިއަކަށް 200 ރުފިޔާއަކަމަށެވެ.

” ދެ ގަޑިއިރުވި އެހެންވީމަ 400 ރުފިޔާ ކޮންމެ ޓެކްސީއަކަށް ލިބުނު ” ކަމަށް ޑްރައިވަރުން ބުންޏެވެ. އަދި ބައެއް ޑްރައިވަރުން ބުނީ ކާރުތައް އޮތީ “ހުސްކޮށް” ކަމަށެވެ.

ގާތްގަނޑަށް 20 ވުރެ ގިނަ ކާރު މި ވެލިކަލު ބުރުގައި ބޭނުންކޮށްފައިވާއިރު ޓެކްސީ ސެންޓަރުތަކުން ޖުމްލަ 20 ކާރު ބައިވެރިކޮށްފައިވެ އެވެ. އަދި ސަރުކާރުގެ މުވައްސަސާތަކުގެ ވެހިކަލުތައްވެސް ބޭނުންކޮށްފަ އެވެ.

ރައީސް ޔާމީނަށް ތާއިދު އޮތް ކަން ހާމަކުރުމަށް ކުޅުދުއްފުށީގައި ބެއްވި ވެހިކަލް ބުރުގެ ތެރެއިން–

އެގޮތުން އެސްޓީއޯ އާއި އެމްޕީއެލް އާއި އެމްޑަބުލިއުއެސްސީ އަދި ފެނަކައިގެ ޕިކަޕްތައް ބޭނުންކޮށްފައިވެ އެވެ. އަދި އެ ރެލީގައި ބައިވެރިވި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް މުވައްޒަފުން ބުނެފައިވަނީ ރެލީގައި ބައިވެރިވީ މަޖުބޫރުކޮށްގެން ކަމަށެވެ.

މީގެ ކުރީގެ ސަރުކާރުތަކުންވެސް ބާއްވާ މިފަދަ ވެހިކަލު ބުރުތަކަށް ބައެއް ވެހިކަލުތައް ގެންގޮސްފައިވަނީ ފައިސާދީގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355