twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަމީރު އަމީން ސްކޫލުގެ ބެލެނިވެރިން ކަޕްކޭކު ވިއްކައިގެން 22،515 ރުފިޔާ ހޯދައިފި

Aug 14, 2017

އަމީރު އަމީން ސްކޫލުން ކަޕްކޭކު ދުވަހުގެ ނަމުގައި މިދިޔަ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެސްކޫލުން ކުރިއަށް ގެންދިޔަ ކަޕްކޭކު ވިއްކުމުގެ ހަރަކާތުން އެސްކޫލަށް 22 ހާހަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އެސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ކޭއޯއަށް ވިދާޅުވީ މިހަރަކާތުން އެސްކޫލަށް ޖުމްލަ 22،515 ރުފިޔާ ލިބިފައިވާކަމަށާއި އޭގެތެރެއިން 5000 ރުފިޔާއަކީ ޑްރީމް ހިޖާބުގެ ފަރާތުން ސްކޫލް ހަދިޔާކޮށްފައިވާ ރުފިޔާ ކަމަށެވެ.

މި ހަރާކާތުގައި 1700 އެއްހާ ކަޕްކޭކު ވިއްކާފައިވާއިރު އައިޝަތު ވިދާޅުވީ މި ހަރާކާތް ހިންގާފައިވަނީ ހުރިހާ ކުލާހެއްގެ ބެލެނިވެރިން އެ ކުލާހަކުން ވަކިވަރަކަށް ކަޕްކޭކު ނެރެގެން ކަމަށާއި މި ހަރަކާތުގައި ބެލެނިވެރިންނާއި ސްކޫލްގެ ޕީޓީއޭގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

މި ހަރަކާތުން ލިބުނު ރުފިޔާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ އިތުރު ހަރަކާތްތަކަށާއި އަދި ސްކޫލުގައި ބައްދަލުވުންތައް ބޭއްވުމަށް ތަނެއް ނެތުމާއެކު ސްކޫލުގައި ތަންއޮތް މިންވަރަކުން ހޯލެއް އެޅުމަށް ޓާގެޓް ކޮށްފައިވާތީ އެކަމަށްވެސް ފައިސާގެ އެއްބައި ރައްކާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އައިޝަތު ވިދާޅުވި އެވެ.

މީގެ އިތުރުން އައިޝަތު ވިދާޅުވީ މިހަރަކާތް ހިންގުމަށް އެހީތެރިވެދިނީތީ އުރީދޫއަށާއި ފައިސާގެ އެހީދިން ޑްރީމްސް ހިޖާބަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ބެލެނިވެރިންނަށާއި ޕީޓީއޭ މެންބަރުންނަށް ވެސް އައިޝަތު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355