ދަނޑުވެރިކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީން ޕްރޮގްރާމެއް ހއ ކެލާގައި ކުރިއަށް ގެންގޮސްފި އެވެ.
ކެލާ ގެ ދަނޑިވެރިންނަށް އަމާޒުކޮށްގެން އެރަށު ކައުންސިލާއި އެގްރިކަލްޗާރ މިނިސްޓްރީއައި ގުޅިގެން ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޖުލައި 30 ން މި އޮގަސްޓް މަހު 8 ށެވެ.
ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ވިދާޅުވީ މި ވޯކްޝޮޕްގައި ބާވަތްތައް މުޑުވައް ކުރާނެގޮތާއި، ގަސްތަކަށް ބޭނުންވާ ކާނާއައި ބޭސް ދޭނެ ގޮތުގެ އިތުރުން ދަނޑު ތައްޔާރު ކުރާނެގޮތް ވެސް ދަނޑުވެރިންނަށް ދަސްކޮށްދެވިފައިވާނެ ކަމަށެވެ.
ވޯކްޝޮޕްގައި ކިޔަވައި ދިނުމުގެ ސެޝަންގެ އިތުރުން ދަނޑުތަކަށް ގޮސް ޕްރެކްޓިކަލް ކްލާސްތަކެއް ވެސް ނަގާފައިވާކަމަށާއި މި ވޯކްޝޮޕްގައި ކިޔަވައި ދެއްވީ އެގްރިކަލްޗާރ މިނިސްޓްރީގެ ބޭފުޅުން ކަމަށް ޣުފްރާން ވިދާޅުވި އެވެ.
މި ވޯކްޝޮޕް ނިންމާ 23 ބައިވެރިންވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.