ޒުވާން އަންހެނަކު ގެއަކަށް ވަދެ، އެގޭގައި ތިބި ދެ މީހަކާއި މާރާމާރީ ހިންގައި ބައެއް ތަކެއްޗަށް ގެއްލުންދީފި އެވެ.
އިއްޔެ މެންދުރު ކުޅުދުއްފުށީގައި ހިނގި މިހާދިސާގައި ގެއަކަށް ވަދެ މާރާމާރީ ހިންގައިފައިވަނީ އެގޭ މީހަކާ ކުރިން ކައިވެނިކޮށް މިހާރު ކައިވެނި ރޫޅިފައި ހުރި މީހެކެވެ.
މިމާރާމާރީގައި އެގޭގައި އުޅޭ އަންހެނަކަށާއި މާރާމާރީ ހިންގި މީހާ ކުރިން ކައިވެނިކުރި މީހާއަށް އަނިޔާވެފައިވެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ވަނީ ނުލިބިފަ އެވެ. އަދި އެ އަންހެން މީހާ އެގޭ ކޮޓަރިއެއްގެ ދޮރުވެސް ފަޅާލާފައިވެ އެވެ.
ފުލުހުން މީޑީއާ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމަށެވެ. ތަހުގީގު ކުރަމުންދާ މައްސަލަކަށް ވާތީ ތަފްސީލު ދެވެންނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މާރާމާރީ ހިނގި މިއަންހެން މީހާއަކީ ހދ ގެ އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އެމީހާ ދިރިއުޅެމުންދަނީ ކުޅުދުއްފުށީގަ އެވެ.