twitterviber whatsapp telegramfacebookyoutube instagram
8th September 2024

ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ބިސް ހިމަނަންވީ މިހެންވެ

Aug 15, 2017

ބިހަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އަދި މިނަރަލް ހިމެނޭ އެއްޗެކެވެ. އެގޮތުން ވިޓަމިން އޭ، ކެލްޝިއަމް، ފޮލޭޓް، ޕްރޮސްފަރަސް، ވިޓަމިން ބީ އަދި ޑީ ހިމެނެ އެވެ. އެހެން ކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ބިސް ހިމަނައިފިނަމަ އެއިން ތިމާގެ ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ކުރާނެ އެވެ.

އެގޮތުން މިއީ ސިކުނޑިއަށް ފައިދާ ހުރި އެއްޗެއްވެސް މެއެވެ. ބިހަކީ ކޮލީން އިން މުއްސަނދި ވެފައިވާ އެއްޗެކެވެ. މިއީ ވިޓަމިން ބީ ގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެގޮތުން ސިކުނޑީގައި އިތުރު މޮލެކިއުލް އުފެއްދުމަށާއި އާ ސެލްތައް އުފެދުމަށް ކޮލީން އެހީތެރިވެ ދެއެވެ.

ސިކުނޑީގެ އިތުރުން މިއީ ލޮލަށްވެސް ފައިދާ ހުރި ކާނާ އެކެވެ. އެގޮތުން ލޯ ފުސްވުމާއި ފެންނަ މިންވަރު ދަށްވުމުން ދުރުކޮށްދޭ އެހީވެދޭ ދެ މާއްދާ ކަމަށްވާ ލުޓެއިން އަދި ޒިއަޒާންތިން ބިހުގައި ގިނަ އަދަދަކަށް ހިމެނެއެވެ.

ބިހަކީ ޕްރޮޓީންވެސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެެވެ. އެގޮތުން ޑައެޓް ޕްލޭން ތެރޭގައި ދުވާލަކު 3 ބިސް ހިމަނައިފިނަމަ އެމީހަކަށް ބޭނުންވާ ވަރަށް ޕްރޮޓީން ލިބެއެވެ. އަދި ބިހުގައި ވިޓަމިން އީ ހިމެނޭތީ ދުވާލަކު 3 ބިސް ކެއުމުން ހިތުގެ ބަލިތަކުންނާއި ބައެއް ކެންސަރުތަކުން ދުރުކޮށްދެއެވެ.

ދުވާލަކު 3 ބިސް ކާއިރު ހަމައެކަނި ބިހުގެ ހުދުބައި އެކުމުންވެސް ބޭނުންވާ ވަރަށް ޕްރޮޓީން ލިބޭނެއެެވެ. އަދި ބިހުގެ ގޮބޮޅިއަށްވުރެ ހުދު ބައިގައި ހަށިގަނޑަށް ފައިދާވާ މާއްދާތައް ހިމެނެއެެވެ. ގިނަ ބަޔަކު ބިސް ކެއުމާއި ދުރުވަނީ އޭގައި ގިނަ އަދަދަކަށް ކޮލެސްޓްރޯލް ހިމެނޭތީ އެވެ. އެގޮތުން ބިހެއްގައި 373މގ ގެ ކޮލެސްޓްރޯލް ހިމެނެއެވެ. އެއީ 11 ގ ފެޓެވެ. އެހެން ނަމަވެސް ބިހުގައި ޕޮޓެންޝިއަމް 124މގ ހިމެނޭއިރު ސޯޑިއަމް 124މގ ހިމެނެ އެވެ. އަދި ޕްރޮޓީން 13ގ ހިމެނެއެވެ.

ވިޓަމިންތަކަށް ބަލާއިރު ވިޓަމިން އޭ 10 ޕަސެންޓް ހިމެނޭއިރު، ވިޓަމިން ޑީ 12 ޕަސެންޓް ހިމެނެއެވެ. އަދި ވިޓަމިން ބީ 18 ޕަސެންޓް، ވިޓަމިން ބީ6 5 ޕަސެންޓް ބިހެއްގައި ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355