twitterviber whatsapp telegramfacebookyoutube instagram
1st November 2025

އެމްއެމްއޭގެ ގަވަރުނަރުކަމުން އަޒީމާ އިސްތިއުފާ ދެއްވައިފި

Aug 16, 2017

އެމްއެމްއޭގެ ގަވަރުނަރުކަމުން ޑރ. އަޒީމާ އާދަމް އިސްތިއުފާ ދެއްވައިިފި އެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމަނާ ވަނީ އެކަން އިއުލާން ކުރައްވާފައި އެވެ.

ޑރ. އަޒީމާ ވިދާޅުވީ ގޮތުގައި މަގާމުން އިސްތިއުފާ ދެއްވީ ފިރިކަލުން އަލީ ނަސީރާ އެކު ބޭރަށް ދިރިއުޅުން ބަދަލު ކުރުމަށް ކަމަށެވެ. އެކަމަނާގެ ފިރިކަލުން އަލީ ނަސީރު ވަނީ އދ ގައި ހުންނަވާ ރާއްޖޭގެ ހާއްސަ މަންދޫބު ކަމަށް ދާދި ފަހުން ހަމަޖައްސަވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ މިދިޔަ މަހު އެ މަގާމާ ހަވާލުވެ ވަޑައިގެން ނިއު ޔޯކް އަށް ދިރިއުޅުން ވެސް ބަދަލު ކުރައްވައިފަ އެވެ.

އަޒީމާ އަކީ އިކޮނޮމިކްސްގެ ދާއިރާއިން މަތީ ތައުލީމު ހާލިސް ކުރެއްވުމަށް ފަހު އެމްއެމްއޭގައި ގިނަ ދުވަހު ހިދުމަތްކޮށް އެ ތަނުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭކަނބަލެކެވެ.

އަދި 31 ޑިސެމްބަރު 2013 ގައި އޭރު ގަވަރުނަރަކަށް ހުންނެވި ފަޒީލް ނަޖީބު މަގާމުން އިސްތިއުފާ ދެއްވުމުން އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް އަޒީމާ ހަމަޖެއްސިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355