twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެމްއާރުއައި މެޝިނާއި ސީޓީ ސްކޭން މެޝިން ބަހައްޓާތަން މަރާމާތުކުރުމުގެ މަސައްކަތް ފަށަނީ

Aug 16, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓައި އެމްއާރުއައި ސްކޭނިންގ މެޝިނާއި ސީޓީ ސްކޭން މެޝިން ބަހައްޓަން ހަމަޖެހިފައިވާ ތަން ހުސްކޮށް، މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ ތެރޭގައި ފެށޭނެކަމަށް އެންއައިއައި އިން ބުނެފި އެވެ. އެމްއާރުއައި އާޢި ސީޓީ ސްކޭނިންގ ގެ ހިދުމަތްދޭން ނިންމާފައިވަނީ ޖެނެރަލް ވޯޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެވެ.

ހޮސްޕިޓަލުގެ އެންމެ އުތުރަށް އިންނަށް އެވޯޑް މިއަދުވަނީ ހުސްކޮށްފަ އެވެ. އެވޯޑް ވަނީ ކުޑަކުދިންގެ ވޯޑަށް ބަދަލުކޮށް، ކުޑަކުދިންގެ ވޯޑް ވަނީ ވަގުތީ ގޮތުން އަލަށް ހެދި އޮޕަރޭޝަން ޓިއޭޓަރުގައި ވަކިން އިންނަށް ބަޔަކަށް ބަދަލުކޮށްފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރުމަށް ހަވާލުވެފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) ގެ ޑިރެކްޓަރު އަލީ އުސައިދު ކޭއޯއަށް ވިދާޅުވީ އެމްއާރުއައި މެޝިނާއި ސީޓީ ސްކޭންގެ މެޝިނުގެ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީގެ އެޕްރޫވަލްވެސް މިހާރު ލިބިފައިވާ ކަމަށެވެ.

“ސީޓީ އާއި އެމްއާރުއައި އާއި އެކޯ ބަހައްޓަން ލިޔެ ކިޔުންތައް މިނިސްޓްރީއަށް ހުށަހަޅާ މިނިސްޓްރީވެސް އެހުރިހާ ކުރެހުންތައް އެޕްރޫވް ވެސް ކޮށްފި” ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެމްއާރުއައި މެޝިނާއި ސީޓީ ސްކޭން މެޝިނުތައް ކުޅުދުއްފުއްޓަށް ގެނެސް، އޮކްޓޯބަރު ދިހައެއްގެ ކުރިން ސީޓީ ސްކޭންގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.

ޖެނެރަލް އިލެކްޓްރޯނިކްސްގެ އިންޖިނިއަރުންނާއި ޕްރޮޖެކްޓް މެނޭޖަރާ ބައްދަލުކޮށް އެމްއާރުއައި މެޝިނާއި ސީޓީ މެޝިން ބަހައްޓަން ހަމަޖެހިފައިވާތަނަށް ގެންނަ ޖެހޭ ބަދަލުތައް ހިއްސާކުރެވިފައިވާ ކަމަށެވެ. އަދި އެމަސައްކަތް އަމަލީ ގޮތުން ކުރާ ކުޅުދުއްފުށީގެ ކޮންސްޓަކްޝަން ގުރޫޕަކުން ކަމަށް އުސައިދު ވިދާޅުވި އެެވެ.

“އެމްއާރުއައި މެޝިނުގައި 15 ޓަން ހުރޭ. ވަރަށް ބަރު މެޝިނަކަށްވުމުން އެ ބަހައްޓާ ބޭސް އެބަޖެހޭ ކޮންކުރިޓުން ވަރަށް ވަރުގަދައަށް ހަދަން އަނެއްކާ އެމްއާރުއައި އަކީ މެގްނެޓިކް ފީލްޑަކުން މަސައްކަތް ކުރާ އެއްޗެއްވީމަ. އެ އިންނަށް ޖާގައިން ބޭރަށް މެގްނެޓިކްގެ އަސަރުނުކުރާނޭ ގޮތަށް ވަށައިގެންވާ ފާރުތަކަށް ލެޑްސީޓެއް ލާން ޖެހޭ، އޭރުން ބޭރަކަށް މެގްނެޓިކްގެ އަސަރެއް ނުކުރާނެ. އަދި އެތަނުގެ ފުރާޅު ނަގައި ޝީޓެއްވެސް އަޅަން ޖެހޭ. އެތަނުގެ ދޮރުތައްވެސް ހަދާނީ މެގްނެޓިކް އަސަރު އޭގެ ބޭރަށް ނުދާނެ ފަދަ މާއްދާއަކުން އެފަދަ މަސައްކަތްތައް ކުރާނީ ޖެނެރަލް އިލެކްޓޯނިކްސް އިން ”  ލާންޖެހޭ ކަމަށެވެ.

އެމްއާރުއައި މެޝިނާއި ސީޓީ ސްކޭނިންގ މެޝިނުގެ ލިޔެކިޔުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާއިރު މެޝިންތައް އަންނާނީ ބޭރުން ސީދާ ކުޅުދުއްފުށީ ޕޯޓަށް ކަމަށް އުސައިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355