twitterviber whatsapp telegramfacebookyoutube instagram
10th September 2025

ފޭސްބުކަށް އިތުރު ބަދަލެއް، މިހާރު ބޭނުން ކުރަން ފަސޭހަވާނެ

Aug 16, 2017

މި އަހަރު ތެރޭގައި ހާއްސަކޮށް ފޭސްބުކަށް ވަނީ ކުދި ނަމަވެސް ގިނަ ބަދަލުތަކެއް ވަނީ އައިސްފަ އެވެ. މިފަހަރު ފޭސްބުކްގެ އިތުރުން އިންސްޓަރގްރާމަށްވެސް މިވަނީ ބަދަލު އައިސްފަ އެވެ. ހަމަ ކުޑަ ބަދަލެކެވެ. އެހެންނަމަވެސް ލޮލަށް ފަސޭހަ ބަދަލެވެ.

މިހާރުގެ އާބަދަލާއިއެކު ފޭސްބުކްގެ ނިއުސް ފީޑްވެސް ކޮމެންޓްތައްވެސް ފެނިގެންދާ ތަފާތުކޮށެވެ. އަދި ލައިކް ބަޓަން، ކޮމެންޓު އަދި ޝެއަރ ބަޓަންވެސް ވަނީ ބަދަލު އައިސްފަ އެވެ.

ފަހުން ގެނައި ބަދަލާއިއެކު ކޮމެންޓަށް އައި ބަދަލު–

އަދި އިންޓަގްރާމަށް މިއަދު އައި ބަދަލާއެކު މިހާރު ޕަބްލިކްކޮށް ސަބް ކޮންވަޒޭޝަން ހަދާލެވޭނެ އެވެ.

މީގެ އިތުރުން ދެން ހުޅުވި ލިކްއެއް ގެއްލިގެން މުޅި ނިއުސް ފީޑް ދެން ހާވާކަށް ނުޖެހޭނެ އެވެ. ޕޯސްޓެއްގައި ނުވަތަ ލިންކެއްގައި އިދެފައި ނިއުސް ފީޑަށް ނުކުންނަ ނަމަ އަލުން ލިންކަ ވަދެވޭގޮތަށް ކަޅު ކުލައިގެން ބަޓަންއެއް ފެންނަ އިންނާނެ އެވެ. ބަޓަންނަށް ފިއްތާލުމާއިއެކު އަލުން ލިންކަ ދެވޭނެ އެވެ.

މިހާރު އިންސްޓަގްރާމުން ވެސް ފޭސްބުކުންވެސް ކޮމެންޓް ކޮށްލާ ވާހަކަ ދައްކާލަން ފަސޭހަ ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355