މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މާގަމަށް މ. ލަކްސްލިން ނީމާ އިމާދުގެ ނަން، ރައީސް އަބްދުﷲ ޔާމީން މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.
އެ ބޭންކްގެ އެސިސްޓެންޓް ގަވަރުނަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ނީޒާ އިމާދު އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 31 އަހަރު ވެފައިވާއިރު ނީޒާ އަކީ އެ އިދާރާގެ ފައިނޭންޝަލް ސްޓެބިލިޓީ ބައިގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ.
މީގެ އިތުރު ނީޒާއަކީ އެމްއެމްއޭގެ ބޯޑު ޑިރެކްޓަރެކެވެ. އަދި އޭނާ އަކީ 2014 އިން ފެށިގެން ރާއްޖެ އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ކަނޑައަޅާފައި ހުންނަވާ އަލްޓަނޭޓިވް ގަވަރުނަރުވެސް މެއެވެ.
އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި އަޒީމާ އާދަމް އެ ގަމާމުން މިއަދު އިސްތިއުފާ ދެއްވީ، އެކަމަނާގެ ފިރިކަލުން އަލީ ނަސީރުގެ ދިރިއުޅުއްވުން ރާއްޖެއިން ބޭރަށް ބަދަލު ކުރާތީ ފިރިކަލުންނާ އެކު ބޭރަށް ވަޑައިގަތުމަށެވެ. އަލީ ނަސީރަކީ ރާއްޖެއިން އދ އަށާއި އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.