twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި މިއަހެލި ސޯޝަލް އިނޮވޭޝަން ވޯކްޝޮޕް ހުކުރުދުވަހު ބާއްވަނީ

Aug 16, 2017

ޔޫއެންޑީޕީ އަދި އުރީދޫ މޯލްޑިވްްސް ގުޅިގެން ކުޅުދުއްފުށީގައި ސޯޝަލް އިނޮވޭޝަން ވޯކްޝޮޕެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ކޭޕުގައި ސޯޝަލް އިނޮވޭޝަންްއާއި އަދި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިއަހެލި 2017 ކޭމްޕާއި އާއި ބެހޭގޮތުންވެސް މައުލޫމާތު ދެވިގެންދާނެ ކަމަށް ޔޫއެންޑީޕީން މައުލޫމާދު ދެއެވެ.

ހއ، ހދ، ށ އަދި ނ އަތޮޅުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ވޯކްޝޮޕްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ޔޫއެންޑީޕީގެ މުވައްޒަފުން ކަމަށާއި މި ވޯކްޝޮޕް ތެރޭގައި ވެސް ބައިވެރިންނަށް މިއަހެލި ކޭމްޕުގައި ބައިވެރިކުރުމަށް ހިޔާލުތަށް ހުށައެޅޭނެ ކަމަށް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ.

އެގޮތުން މިވޯކްޝޮޕުގައި ބައިވެރިވާން ބޭނުންވާ 18 އަހަރާއި 30 އަހަރުގެ ޒުވާނުން 7878782 ނަންބަރަށް މެސެޖްކޮށްލުމުން ވޯކްޝޮޕްގައި ބައިވެރިވެވޭނެ އެވެ.

18 އޮގަސްޓް ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި ކުޅުދުއްފުށީ ނޯދަން އޮފީސް ކޮންޕުލެކްސް ގައި މި ވޯކްޝޮޕް ކުރިއަށް ގެންދާއިރު ވީހާވެސް ގިނަ ޒުވާނުން މިތަނަށް ދުރުވެ ވޯކްޝޮޕްގައި ބައިވެރިވުމަކީވެސް ޔޫއެންޑީޕީގެ ވަރަށް ބޮޑު އެދުމެކެވެ.

އަންނަ ސެޕްޓެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހެލި ކޭމްޕް އަކީ ޒުވާނުންގެ ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ކޭމްޕްކެވެ. މި ކޭމްޕަށްހިޔާލު ހުށައެޅުމުގެ ފުރުސަތު 19 އޯގަސްޓާއި ހިސާބަށް ވަނީ ހުޅުވާލާފައެވެ. އަދި އެ ކޭމްޕްގައި އެކި ގްރޫޕްތަކުން އެ ގްރޫޕްތަކުގެ ހިޔާލު ތަރައްގީ ކުރުމަށްފަހު ކޭމްޕް ނިމޭއިރު ހިޔާލުތައް ޖަޖުންނަށް ހުށަހެޅުމުން އެންމެ ރަނގަޅު ހިޔާލަށް އެ ހިޔާލުތައް ހަގީގަތަކަށް ހެދުމަށް ހޮވޭ ކޮންމެ ފަރާތަކަށް 3000 ޑޮލަރުގެ ސީޑް ފަންޑިން ހަވާލުކުރާނެ ކަމަށް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355