twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފުލުހުންގެ ރޯޑް ޝޯ މިމަހު ކުޅުދުއްފުށީގައި ބާއްވަނީ

Aug 17, 2017

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ހިންގާ ރައްކާ ރޯޑް ޝޯވ މި މަހު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ރޯޑް ޝޯއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހުވާ ގިނަ ހަރަކާތްތަކެއް ހިމެނޭގޮތަށް 2014 ވަނަ އަހަރުން ފެށިގެން ފުލުހުން އިންތިޒާމްކޮށްގެން އެލައިޑް އިންޝުއަރެންގެ އެހީތެރިކަމާއި އެކު ބާއްވަމުން އަންނަ ޝޯ އެކެވެ.

ރައްކާ ރޯޑް ޝޯވ ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 21 ން 28 އަށެވެ. މި ޝޯވ ކުޅުދުއްފުށީ ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ފުލުހުންގެ ޓީމެއް މިހާރު ދަނީ ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން މި ޓީމުން ކުޅުދުއްފުށީގެ އެކި މުއައްސަސާތަކާ ބައްދަލުކުރުމުގެ އިތުރުން ރައްކާ ރޯޑް ޝޯވގެ އެކި ހަރަކާތްތަކަށް ކުޅުދުއްފުށީގައި ތައްޔާރީތައް ދަނީ ކުރަމުންނެވެ.

އެގޮތުން މި ޝޯގެ ތެރެއިން ތެރެއިން ފުޓްސަލް މުބާރާތަކާއި ޑިނަރ ނައިޓަކާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން އަންހެނުންގެ ނެޓްބޯޅަ މެޗަކާއި ރޯޑް ރެލީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުޅުދުއްފުށީގެ އެކި ސަރަޙައްދުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މެސެޖްތައް ހިމެނޭ ބެނާތަކާއި ބޯޑުތައް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައްކާ ރޯޑް ޝޯވގެ ތެރެއިން ކުޅުދުއްފުށީގެ ޒުވާނުންނަށާއި ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި އިސްރަށްވެރިންނާއި އާންމު ރައްޔިތުންގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާ، މުވައްޒަފުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ މެމްބަރުންނަށް މަޢުލޫމާތު ދިނުމަށް ސިމްޕޯޒިއަމްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފަވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ރައްކާ ރޯޑް ޝޯވ މީގެ ކުރިން މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ވަނީ ބާއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355