twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހދ ގެ 3 ރަށެއްގައި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގުރާމެއް ފަށަނީ

Aug 22, 2017

ޔޫއެންޑީޕީއާއި ކައުންސިލުތައް އަދި ކޮމިއުނިޓީ ޑެވެލޮޕްމެންޓް އިނިޓިއޭޓިވް (ކޮޑި) ގުޅިގެން ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގުރާމެއް ހދ އަތޮޅު 3 ރަށެއްގައި ފެށުމަށް ވަނީ ހަމަޖެހިފައި އެވެ

ކޮމިއުނިޓީ ޗެންޕިއަންސްގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގުރާމްއަކީ ކުޅުދުއްފުށި، ނޮޅިވަރަންފަރު އަދި ހަނިމާދޫގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮގުރާމް އެކެވެ.

މިއީ އެ ރަށެއްގެ ދެމެހެއްޓެނިވި ތަރައްގީއަށް އިސްނަގައިން މަސައްކަތް ކުރާނެ ޒުވާނުންތަކަކަށް މައުލޫމާތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

ކުޅުދުއްފުށީގައި މި ޕްރޮގުރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރ މަހުގެ 9 ން 23 އަށެވެ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރ 16 ން 2 އޮކްޓޯބަރ އަށެވެ. އަދި ހަނިމާދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރ 25 ން 9 އޮކްޓޯބަރ އަށެވެ.

ކޮމިއުނިޓީ ޑެވެލޮޕްމެންޓް އިނިޓިއޭޓިވްގެ ފަރާތުން  މުހައްމަދު ނަދީފް ކޭއޯ އަށް ވިދާޅުވީ މި ޕްރޮގުރާމްގައި 5 ދުވަހުގެ ޓްރެއިނިން ޕްރޮގުރާމްއަކާއި 9 ދުވަހުގެ ޕުރެކްޓިކަލް ވޯކް ފުރޮގުރާމެއް ކުރިއަށްދާނެ ކަމަށެވެ. ޓްރެއިނިން ޕްރޮގުރާމްގައި ގައި ލީޑަރޝިޕް ނަގާނެ ގޮތްތަކާއި، ރަށުގަ މައްސަލައެއް ޖެހިއްޖެނަމަ ކަންތަށް ކުރާނެ ގޮތްތަކުގެ އިތުރުން ތަރައްގީއަކީ ކޮބައިކަމުގެ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ޕްރެކްޓިކަލް ވޯކްގައި އެ ރަށެއްގައި ހުރި ހުނަރުތައް ދެނެގަނެ ރަށުގެ ތަރައްގީއަށް އެ ހުނަރުތައް ބޭނުންކުރާނެ ގޮތްތަށް ކިޔައިދޭނެ ކަމަށް ނަދީޕް ވިދާޅުވިއެވެ.

މި ޓުރެއިންގަރ ބައިވެރިވާން ބޭނުންވާ ކުޅުދުއްފުށީގެ ޒުވާނުން 9633073 (ސަމާ އަލީ) މި ނަންބަރ އަށް މެސެޖަކުން ނުވަތަ ގުޅައިގެން ބައިވެރިވެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355