twitterviber whatsapp telegramfacebookyoutube instagram
18th April 2024

ދިރާގު ޕްރީސްކޫލް ފުޓްބޯލް ފެސްޓިވަލްގެ ފައިނަލް މެޗު މިއަދު ހަވީރު

Aug 19, 2017

ްދިރާގާއި އަހްމަދިއްޔާ އިންޓާނޭޝަނަލް ސްކޫލް ގުޅިގެން ކޮންމެ އަހަރަކު ޕްރީ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލް އިއްޔެ ފަށައިފިއެވެ.

ހެންވޭރު ބޯޅަ ދަނޑުގައި އިއްޔެ ހެނދުނު ފެށުނު މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު 4:30 ގައި އެވެ.

މި އަހަރުގެ މުބާރާތުގައި މާލެ ހުޅުމާލެ އަދި ވިލިނގިލި ހިމެނޭހެން 15 ސްކޫލަކުން ވަނީ ބައިވެރިވެފައިވާއިރު 270 އެއްހާ ކުޑަކުދިން މި އަހަރުގެ މުބާރާތުގައި ވަނީ ވާދަކޮށްފަ އެވެ.

ގްރޫޕް ‘އޭ’ ގައި ވާދަކުރަނީ އެކްސެލް އިންޓަނޭޝަނަލް ޕްރީސްކޫލް، ބުރޫޖް ޕްރީ ސްކޫލް، ފަލާހް ޕްރީސްކޫލް އަދި ޝައިން ލާނަރސް ޕްރީ ސްކޫލެވެ.

ގްރޫޕް ‘ބީ’ ގައި އަމީރު އަހުމަދު ޕްރީ ސްކޫލާއި ކިންޑަރ ޕްރީ ސްކޫލާއި މާފަންނު މަދަރުސާގެ އިތުރުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވާދަކުރުމަށް ހަމަޖެހިފައިވާއިރު ގްރޫޕް ‘ސީ’ ގައި ހިމެނެނީ ބްރިޖް ލިޓްލް ލާނާސް ޕްރީ ސްކޫލް، ރެހެންދި ސްކޫލް، ލިޓްލް ޖެމްސް ޕްރީ ސްކޫލް އަދި ކެންގަރޫ ކިޑްސް ޕްރީ ސްކޫލެވެ.

މުބާރާތުގެ ގްރޫޕް ‘ޑީ’ ގައި ވާދަކުރަނީ 3 ޓީމެވެ. އެއީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް، ގަލޮޅު މަދަރުސާ އަދި ދޮންދޫނި ޕްރީ ސްކޫލެވެ.

ދިރާގުން މައުލޫމާތު ދޭގޮތުގައި ކުޑަކުދިން ކުރިއެރުވުމާއި އަދި އެކުދިން އެކަކު އަކެކަކާ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނެވުމަކީ ދިރާގުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެއްކަމަށާއި ކުޑަކުދިންގެ ރައްކާތެރިކަމާއި އެކުދިންގެ ކުރިއެރުމުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ.

އަދި މިކަމަށް ގޮވާލައި ދިރާގުން ވަނީ ގިނަ ހަރަކާތްތަކެއް ވެސް މީގެ ކުރިން ހިންގައިފައި ވައިރު މި މުބާރާތަކީ ވެސް އެކުދިން ބާރުވެރި ކުރުވާ ކުދިންގެ މެދުގައި ކުޅިވަރު ކުޅުމުގެ ޝައުގާއި ފޯރި އަށަގަންނެވުމަށް ބާއްވާ ހަރަކާތެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މިއީ ދިރާގާއި އަހްމަދިއްޔާ ސްކޫލް ގުޅިގެން މި މުބާރާތް ވިދިވިދިގެން ބާއްވާ 7 ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355