twitterviber whatsapp telegramfacebookyoutube instagram
24th May 2025

ކުޅުދުއްފުށީ ކެމްޕަހުގައި ހިންގި ޑިޕްލޮމާ ކޯހެއް ނިންމާލީ އެއްމާއްދާ ކިޔަވާނުދީ

Aug 19, 2017

ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވަރސިޓީގެ ކެމްޕަހުގައި ހިންގި ޑިޕްލޮމާ އިން ޓީޗިން އިސްލާމް ކޯސް ނިންމާލެވިފައިވަނީ ކޯހުގެ އެއްމާއްދާ ކިޔަވާނުދީ ކަމަށް އެކޯހުގެ ދަރިވަރުންނަށް އަންގައިފި އެވެ.

އެކޯހުގެ ދަރިވަރަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ދަރިވަރުންނަށް އެކަން އެންގީ މިދިޔަ ހަފްތާގެތެރޭގައި ކަމަށާއި އެއިރު ދަރިވަރުންންތިބީ މިމަހު 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަސްވެނިވިމުގެ ރަސްމިއްޔާތަށް ތައްޔަރުވެގެން ކަމަށެވެ.

އެދަރިވަރު ބުނީ އެ ގްރެޖުއޭޝަންގައި ބައިވެރިވެވޭނީ އެމާއްދާ ނިންމުމުން ކަމަށް ބުނެފައިވާކަމަށާއި އަންނަ ނޮވެމްބަރ މަހަށް ބޮލޮކް މޯޑްކޮށް ކިޔަވާދީ އެމާއްދާ ކަވަރ ކޮށްދޭނެ ކަމަށްވެސް ބުނެފައިވާކަމަށެވެ.

ކިޔަވާ ނުދީ އޮތީ އިސްލާމިކް މެތަޑްސް ކިޔާ މާއްދާއެއް ކަމަށާއި ނަމަވެސް މި މާއްދާގެ ކިޔެވުން ފަށާނެ ތާރީހެއް އަދިވެސް އަންގާފައި ނުވާކަން އެދަރިވަރު ފާހަގަ ކުރިއެވެ.

ޑިޕްލޮމާ އިން ޓީޗިން އިސްލާމް ކޯހަކީ 2 އަހަރު ކޯހެކެވެ. މި ބެޗުގެ ދަރިވަރުން ކޯސް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ދެވަނަ ޓާމްގަ އެެވެ.

5 ދަރިވަރަކު މި ކޯހުގައި ބައިވެރިވެފައިވާއިރު ކޯހުގެ ޓެސްޓް ނަތީޖާ މިދިޔަ މެއި މަހު ވަނީ ދައްކާފަ އެވެ. މި ކޯހުގެ ދަރިވަރުންނަށް ދެން ބައިވެރިވެވޭނީ އަންނަ އަހަރު ބާއްވާ ދަސްވެނިވުމުގަ އެވެ.

މިކަމާއި ބެހޭގޮތުން އެމްއެންޔޫ އަދި ކުޅުދުއްފުށީ ކެމްޕަހުގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355