twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސަރުކާރުން އެމްޓީޑީސީއަށް ނާގޯށި އަނބުރާދީފި

Aug 20, 2017

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދިން ހދ ނާގޯށި ސަރުކާރުން އަތުލުމަށްފަހު އަލުން އަނބުރާދީފި އެ ކުންފުންޏަށް  ދީފި އެވެ.

ނާގޯށި އެމްޓީޑީސީ އަތުން ސަރުކަރުން ނެގީ އެރަށް ހަދަން ހަވާލުކުރުމުން މަސައްކަތް ނުނިމި ލަސްވާތީ މިދިޔަ އަަހަރު ފަހުކޮޅުއެވެ.

“މިހާރަށް” ދީފައިވާ އިންޓަވިއުއެއްގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޝުޖާއު ވިދާޅުވީ ނާގޯށި އަތުލުމުން އެ ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވި ކަމަށާއި، އެ ގެއްލުމުން ސަލާމަތްވެވެން އޮތީ އެ ރަށް އަނބުރާ ލިބިގެން ކަމަށެވެ.

ނާގޯށި ސަރުކާރަށް ނެގިއިރު އެ ރަށުގެ 37 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި އެގޮތުން ކޮޓަރިތަކުގެ ސްޓަރަކްޗާ މަސައްކަތް ނިމިފައިވާ އެމްޓީޑީސީން ބުންޏެވެ.

މިހާރު އެރަށް އެމްޓީޑީސީއާއި ހަވާލުކޮށްފައިވަނީ ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން 50 އަހަރަށެވެ. އެ ކުންފުނިން އަލުން އެ ރަށް ތަރައްގީކުރަން ހަވާލުކުރިއިރު އެ ރަށް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އެމްޓީޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މިހާތަނަށް ނާގޯށި ތަރައްގީ ކުރުމަށް ހަތަރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އަދި އަންނަ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި ކުރިން ނާގޯށި ހަވާލުކުރި ތްރީކޭ އިންޓަނޭޝަނަލް ވެސް ހިމެނޭ ކަމަށާއި ނަމަވެސް ރަށް ހަވާލުކުރާނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ބަޔަކާއި ކަމަށް އެމްޓީޑީސީން މައުލޫމާތު ދެއެވެ.

ނާގޯށި ތަރައްގީ ކުރުމަށް އެމްޓީޑީސީން ތްރީކޭއައީ ހަވާލުކުރުމަށްފަހު އެ ތްރީ ކޭއިން ވަނީ އެ ރަށް ހިންގުމުގެ އެއްބަސްވުމެއްގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ކާލްސަންއާ އެކު 2011 ގައި ސޮއިކުރުމަށް ފަހު 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށް ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355