twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފުލުހުންގެ ރައްކާ ރޯޑް ޝޯ ކުޅުދުއްފުށީގައި ފަށައިފި

Aug 21, 2017

މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެލައިޑް އިންޝުއަރެން ގުޅިގެން ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯ މިއަދު ރަސްމީކޮށް ކުޅުދުއްފުށީގައި ފަށައިފި އެވެ.

ރައްކާ ރޯޑް ޝޯ އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލު ހޯލުގައި އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޑެޕިއުޓީ ކޮމިޝަނާ ސައުދީ ވާހަކަފުޅުދައްކަވަނީ–

މިރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ ޓްރެފިކް މެނޭޖިން ޑިޕާޓްމެންޓުން އިސްނަގައިގެން ރާއްޖޭގެ ރައްޔިތުންނަށް މަގުމަތި ބޭނުން ކުރުމުގައި ގެންގުޅެންވީ އަދަބުތަކާއި ސްލޫކުތަކާއި ވިސްނާދީ، ގަވައިދުތައް ރައްޔިތުންނާއި ހަމައަށް ފޯރިކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

މިއަދު ފެށިގެން ރައްކާ ޝޯ މިމަހު 28 ގެ ނިޔަލަށް ކުރިއަށް ދާއިރު މި ޝޯގެ ތެރެއިން ކުޅުދުއްފުށީގެ ޒުވާނުންނަށާއި ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި އިސްރަށްވެރިންނާއި އާންމު ރައްޔިތުންގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާ، މުވައްޒަފުންނާއި، މަދަނީ ޖަމްއިއްޔާތަކުގެ މެމްބަރުންނަށް މައުލޫމާތު ދިނުމަށް ސިމްޕޯޒިއަމްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ފުޓްސަލް މުބާރާތަކާއި ޑިނަރ ނައިޓަކާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން އަންހެނުންގެ ނެޓްބޯޅަ މެޗަކާއި ރޯޑް ރެލީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެލައިޑްގެ ޖެނެރަލް މެނޭޖަރު އިބުރާހިމް ފިރުޝާން ވާހަކަ ދައްކަވަނީ–

ރައްކާ ރޯޑް ޝޯގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމެވެ. އެގޮތުން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މެސެޖްތައް ހިމެނޭ ބެނާތަކާއި ބޯޑުތައް ވަނީ ބެހެއްޓިފަ އެވެ.

2014 ވަނަ އަހަރުން ފެށިގެން ފުލުހުން ކުރިއަށްގެންދާ މި ރޯޑް ޝޯ މީގެ ކުރިން މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ވަނީ ބާއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355