ވިސްނުންތޫނުކުރަން ބޭނުންކުރެވިދާނެ ބައެއް ކާނާ

ނަސްވާ ޙަސަން - 2 months ago - 22 އޯގަސްޓް 2017



އެންމެނަށްވެސް އެނގޭ ފަދައިން، އެމީހަކު ކާ އެއްޗެއްގެ ސަބަބުން ހަށިގަނޑަށް ފައިދާއާއި ގެއްލުން ލިބެއެވެ. އެގޮތުން ސިކުޑިއަކީ ނިދާފައި އޮންނަ ވަގުތުވެސް އޭގެ މަސައްކަތް މެދު ކެޑުމެއްނެތި ކުރިއަށް ގެންދާ ގުނަވަނެކެވެ.

ސިކުޑިއަށް ފައިދާހުރި ކާނާ ގިނައިން ހުންނާނީ ރަނގަޅު ފެޓް އަދި އެންޓިއޮކްސިޑެންޓްސްގެ އިތުރުން ވިޓަމިންސް އަދި މިނަރަލްސް ހިމެނޭ ކާނާގައި އެވެ. ސިކުޑީގެ ދުޅަހެޔޮކަން ހިތުރުކޮށްދީ ވިސްނުންތޫނު ކުރަން ބޭނުންނަމަ މި ކާނާތައް ބޭނުންކުރާށެވެ.

ވޯލްނަޓް
ވޯލްނަޓް އަކީ ހިތުގެ ދުޅަހެޔޮ ކަމަށާއި އެންޓި އިންފްލެމަޓޮރީގެ އިތުރުން ފައިދާހުރި އަލްފާ އިލްނޮލެނިކް އެސިޑް އިން މުއްސަދިވެފައިވާ މަދެކެވެ. އަލްފާ އިލްނޮލެނިކް އެސިޑް ނުވަތަ އޭލެލްއޭ އަކީ ސިކުޑީގެ ދުޅަހެޔޮކަން އިތުރު ކޮށްދޭ މާއްދާއެކެވެ. އޭގެ އިތުރުން ސިކުޑީގައި ލޭ އަދި އޮކްސިޖަން ދައުރު ކޮށްދިނުމަށް އެހީވެދެއެވެ.

އެވަކާޑޯ
މިއީ ވަރަށް ފައިދާ ހުރި މޭވާއެކެވެ. ވިޓަމިން ކޭ އަދި ފޮލޭޓް އެކުލެވުމުގެ ސަބަބުން ސިކުޑީގައި ލޭ ގަނޑުވުމުން ދުރުކޮށްދެއެވެ. އަދި ވިސްނުންތޫނުކޮށްދީ ކަންކަމަށް ސަމާލުކަން ދިނުމަަށް އެހީވެދެއެވެ. ހަމަ އެހެންމެ އެވަކާޑޯ އަކީ ފައިދާހުރި ފެޓްސް ހިމެނޭ ލޭގެ ޕްރެޝާ ދަށްކޮށް ދިނުމަށް އެހީވެދޭ މޭވާއެކެވެ.

ސަލްމޮން
ސަލްމޮން ނުވަތަ ފެޓީ ފިޝް އަކީ ސިކުޑީގެ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ކާނާއެެވެ. ސަލްމޮންގައި ގިނަ އަދަދަކަށް އޮމޭގާ 3 ގެ ފެޓީ އެސިޑް ހިމެނެއެވެ. އޭގެ ސަބަބުން ވިސްނުމުގެ ސްޕީޑް އިތުރުކޮށްދީ ވިސްނުންތޫނުކޮށްދެއެވެ. ސަލްމޮން ނުކެވޭނަމަ އޮމޭގާ 3 ހިމެނޭ ކާނާ ގިނަ ކުރާށެވެ. އޭގެ ތެރޭގައި ބަރަބޯ، ފުލެކްސް ސީޑް އަދި ޗިއާ ހިމެެނެއެވެ.