twitterviber whatsapp telegramfacebookyoutube instagram
24th May 2025

ރައްކާ ރޯޑް ޝޯގެ ބިލްބޯޑް އިފްތިތާހްކޮށްފި

Aug 21, 2017

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހުވާ ގިނަ ހަރަކާތްތަކެއް ހިމެނޭގޮތަށް ފުލުހުންނާއި އެލައިޑް އިންޝުއަރެންސްގެ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވގެ ބިލްބޯޑް އިފްތިތާހްކޮށްފި އެވެ.

ޒޯން ސްޓޭޑިއަމް ފުޓްސަލް ދަނޑުގެ ކަންމައްޗަށްވާ ގޮތަށް ބަހައްޓާފައި ހުރި މިބިލްބޯޑް އިފްތިތާހްކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އާއި އެލައިޑްގެ ޖެނެރަލް މެނޭޖަރު ފިރުޝާން އެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން އެލައިޑްގެ މާކެޓިންގ މެނޭޖަރު ނައުޝާދު ޝަރީފް ވިދާޅުވީ މި ބިލްބޯޑްތައް ފެނި ދުއްވާ ފަރާތްތަކަށް ރަނގަޅު މެސެޖް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށެވެ. ޒުވާން އުމުރުގެ ކުދިން މިބިލްބޯޑްތައް ކިޔަ މިއިން އިބުރަތެއް ހާސިލްކުރުން ކަމަށެވެ.

މިބިލްބޯޑްތައް ރަނގަޅުގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދިނުމަށް ރަށުގެ ރައްޔިތުންގެ ކިބައިން ނިއުޝާދު އެދިލެއްވި އެވެ. އަދި ބިލްބޯޑްގައި މައްސަލައެއް ޖެހި ހަލާކުވެއްޖެނަމަ ވީހާވެސް އަވަހަކަށް އެފަރާތަށް އަންގައިދިނުމަށް އެދިލެއްވި އެވެ.

ހދ އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަމީން އަބުދުލްޤައްޔޫމް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާ ކަމަށެވެ. ބިލްބޯޑް ހަރުކުރުމުގެ ސަބަބުން ރައްޔިތުންނަށް މަންފާތަކެއް ކުރާނެކަމެއްކަމަށް ދެކޭކަމަށެވެ. މިޕްރޮގުރާމްގެ ސަބަބުން ކުޅުދުއްފުށީގެ މަގުތައް އަމާންވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355