twitterviber whatsapp telegramfacebookyoutube instagram
13th August 2026

ޖިއޯނީ އެކްސް 1 އިންޑިޔާގައި ލޯންޗްކޮށްފި

Aug 21, 2017

ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުންޏެއް ކަމަށްވާ “ޖިއޯނީ” ގެ އާ ސްމާޓްފޯން ޖިއޯނީ އެކްސް 1 އިންޑިޔާގައި ލޯންޗްކޮށްފި އެވެ.

ފިންގާ ޕްރިންޓް ސެންސާ އެކުލެވޭ މި ފޯނަކީ 3000 މިލިއަންޕް އަވާއަށް ބެޓެރީ ޗާޖް ހިފަހައްޓައިދޭ ފޯނެކެވެ.

2 ޖީބީ ރެމްއަކާއި އިންޓާނަލް 16 ޖީބީ ހިމެނޭ މި ފޯނަށް އިންޓާނަލް ސްޓޯރޭޖް 256ޖީބީ އާއި ހަމައަށް އިތުރުކުރެވޭނެ އެވެ. އަދި 5 އިންޗީގެ އެޗްޑީ ޑިސްޕުލޭ އެއްގެ އިތުރުން 8 މެގަޕިކްސްގެ ރެއާ ކެމެރާއަކާއި 8 މެގަޕިކްސްގެ ފްރޮންޓް ކެމެރާއެއް ހިމެނެއެވެ.

އެހެން ފޯނު ތަކެކޭ އެއްފަދައިން 4ޖީ ވޯލްޓް، ވައިފައި، ބުލޫޓޫތް، 3.5 މިލިމީޓަރ ހެޑްފޯން ޖެކް އަދި މައިކްރޯ ޔޫއެސްބީ ޕޯޓްވެސް ހިމެނެވެ.

ޖިއޯނީގެ ފޯންތަކަކީ ރާއްޖޭގައިވެސް ނަން މަޝްހޫރު ކޮލިޓީ ބުރޭންޑް އެކެވެ. މި ފޯނު މިހާރު އިންޑިޔާގައި ލިބެން ހުރީ 8999 ރުޕީސް އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355