twitterviber whatsapp telegramfacebookyoutube instagram
25th April 2024

އާއިލާއަށް ބޮޑު ޝޮކެއް، ލެއަށް ކެންސަރު ޖެހި އެހީތެރިކަމަށް ބޭނުންވެފަ

Aug 21, 2017

ކޮއްކޮ ހުން އައިސްގެން ޑޮކްޓަރަށް ދައްކާތާ މަހަކަށް ވުރެ ގިނަދުވަސް ވެއްޖެ އެވެ. ބައެއް ފަހަރު ހަފްތާއަކު ތިން ދުވަހުވެސް ޑޮކްޓަރަށް ދައްކަ އެވެ. ނަމަވެސް ޑޮކްޓަރުން ލޭ ޓެސްޓް ނަހަދައި ބޭސް ދިނުމަށް ފަހު ކޮންމެ ފަހަރަކުވެސް ފޮނުވާލަނީ ގެއަށެވެ.

މިއީ މީގެ ދެދުވަސް ކުރިން ލެއަށް ކެންސަރު ޖެހިފައިހުރިކަން އެނގި، އެބަލީގެ ވޭނީ އިހްސާސްތައް ކުރަމުންދާ ކުޅުދުއްފުށީ، ރިހިވެލި ނައުމާ މުހައްމަދު (18އ) ވާހަކަ އެވެ.

ނައުމާއަކީ އޭނާ އާއިލާގެ އެންމެ ހަގު ކުއްޖަ އެވެ. އޭނާއަށް ލެއަށް ކެންސަރު ޖެހިފައި ހުރިކަން ކުޅުދުއްފުށީ ހޮސްޕިޓަލް އާއިލާއަށް އެނގީ މީގެ ދެ ދުވަސް ކުރިންނެވެ.

ނައުމާގެ ދައްތަ ނަދީމާ މުހައްމަދު މިރޭ ކޭއޯގައި ވާހަކަދައްކަމުންބުނީ ނައުމާ ހުން އަންނާތި ޑޮކްޓަރުން ދައްކާތާ މަހަކަށް ވުރެ ގިނަދުވަސްވެގެންދިޔައިރު ލޭގެ ޓެސްޓް ހަދާފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ތައިރޮއިޑް ޓެސްޓެއް ހެދިކަމަށް އޭނާ ބުންޏެވެ.

“އެންމެ ފަހުން ކޮއްކޮ ހުން ނުފިލައިގެން ހޮސްޕިޓަލަށް ގެނެސް އެޑްމިޓްކޮށް، ލޭ ގެ ޓެސްޓް ހެދުމުން އެނގުނީ ލުކީމީކަން” ނަދީމާ ބުންޏެވެ.

މާލޭ ދިއުމަށް އާސަންދަ އޮފީހުން  އާސަންދައެއްވެސް ހަމަޖައްސައިދީފައިނުވާކަމަށާއި އެކަމަކު އަމިއްލަ ގޮތުން މިއަދު މާލެ ފޮނުވާލެވިފައިވާ ކަމަށް ނަދީމާ ބުންޏެވެ.

އޭނާ ބުނީ ނައުމާގެ ހާލު މިހާރުވެސް ވަރަށް ދެރަ ކަމަށާއި އިންޑިޔާއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިންޑިޔާގެ ބޭސް ފަރުވާއަށް އާސަންދަ ހަމަޖެހިފައިވާ ކަމަށާއި ކެއުމާއި ހުރުމަށް އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ.

ނަދީމާ ބުނީ މިކަމުގެ ސަބަބުން އާއިލާއަށް ކުއްލި ޝޮކެއް ލިބި، ބޮޑު ހިތާމާއެއް ލިބިފައިވާ ކަމަށެވެ. ނައުމާއަށް ބޭސް ކުރުމަށް އިންޑިޔާގައި އެންމެ މަދުވެގެންވެސް 2 އަހަރު ހުންނަ ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދީފައިވާތީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ނައުމާއަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ނައުމާގެ ދައްތަ ނަދީމާ މުހައްމަދަށް 9908002 އަދި ނައުމާގެ ބޭބެ އަހުމަދު މުހައްމަދު 9742184 ގުޅުވައިގެން މައުލޫމާތު ހޯދެވުން އެދެމެވެ. އަދި އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތަކުން ލަތީފާ ހަސަން  ބީއެމްއެލް ރުފިޔާ އެކައުންޓް 7706460644001  އަދި ޑޮލަރު އެކައުންޓް 7706219199001 އަހުމަދު މުހައްމަދު އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355