twitterviber whatsapp telegramfacebookyoutube instagram
27th April 2024

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު

Aug 21, 2017

އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުން ރަމްޒުކޮށްދިނުމަށް ކަނޑައަޅާ ބޯޑް އޮފް ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިންނާއި ހިއްސާދާރުން ބައްލަވައިގަނެފައިވާ ހިއްސާގެ އަދަދަށް ބެލުމަށްފަހު އާންމ ހިއްސާދާރުން ރަމްޒުކޮށްދިނުމަށް 1 ބޭފުޅަކު ބޯޑު އޮފް ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރަންޖެހެއެވެ.

މި ޑިރެކްޓަރު އައްޔަންކުރެވޭނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައެވެ. އެގޮތުން އަހަރީ އާންމު ޖަލްސާގައި ވޯޓު ލެއްވުމަށް ޖަލްސާއަށް ވަޑައިގެން ނުވަތަ އެހެން ހިއްސާދާރެއްގެ ނަމުގައި “ޕްރޮކްސީ” (ވޯޓުލުމުގައި އަތް މައްޗަށް ނަގައިގެން ވޯޓުލާނަމަ ކޮންމެ ހިއްސާދާރަކަށް ލެވޭނީ އެއް ވޯޓެވެ. އަދި ޕޯލް މެދުވެރިކޮށް ވޯޓުލާނަމަ ކޮންމެ ހިއްސާދާރެއް ބައްލަވައިގަނެފައިވާ ހިއްސާގެ އަދަދަށް ވޯޓު ލެވޭނެ) ބޭނުންކޮށްގެން ވޯޓު ލެވިދާނެއެވެ. އާންމު ހިއްސާދާރުން ރަމްޒުކޮށްދޭ ބޯޑު ޑިރެކްޓަރުގެ މަގާމަށް ހޮވިވަޑައިގަންނަވާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނަވާ ފަރާތެކެވެ.

އުރީދޫ މޯލްޑިވްސް ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ހުންނަންޖެހޭ ޝަރުތުތައް:

• އުރީދޫ މޯލްޑިވްސްގައި މަދުވެގެން 50 ޙިއްޞާ އޮތް ފަރާތެއް ކަމުގައި ވުން. ނުވަތަ އުރީދޫ މޯލްޑިވްސްގައި މަދުގެވެގެން 50 ޙިއްޞާ އޮތް ކުންފުންޏަކުން ނަން ހުށަހަޅާފައިވާ ފަރާތެއްކަމުގައިވުން.

• ކުންފުންޏާ ބެހޭ ޤާނޫނު 1996 (ޤާނޫނު ނަންބަރު: 96/10) އާއި މި ޤާނޫނާ ގުޅިގެން ހެދިފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން 14 ޖެނުއަރީ 2014 ގައި އާންމުކޮށްފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑު (ދަ “ސީޖީ ކޯޑު”) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ޤާބިލިއްޔަތުކަން ހުރުމާއެކު، އިންޑިޕެންޑެންޓް ޑިރެކްޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވުން.

• ކެޕިޓަލް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ “ފިޓް އެންޑް ޕްރޮޕަރ” ގައިޑްލައިންތަކު ގައިވާ (“ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިންސް”) ޝަރުތުތައް ފުރިހަމަވުން.

• ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ޔުނިވަރސިޓީއަކުން ޑީގްރީ ޙާޞިލުކޮށްފައިވުން.

• ރާއްޖޭގައި ނުވަތަ އެހެން ޤައުމެއްގެ ޕްރައިވެޓް ނުވަތަ ޕަބްލިކް ސެކްޓަރގައި މަތީ މަޤާމެއްގައި މަސައްކަތްކޮށް، މަދުވެގެން 10 އަހަރު ތަޖުރިބާ ލިބިފައިވުން.

• ރާއްޖޭގައި މިހާރު ހިނގަމުންދާ ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުކަމުގެ މަޤާމު، މަދުވެގެން 1 ކުންފުނީގައި އަދާކޮށްފައިވާ ފަރާތަކަށްވުމާއެކު، ބޯޑު ޑިރެކްޓަރެއްގެ ގޮތުން ޚިދުމަތްކޮށްފައިވާކަން ދައްކުވައިދޭފަދަ ރިކޯޑެއް/ލިޔުމެއް އޮތުން.

• މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުގެ މަޤާމު، 2 ކުންފުންޏަށް ވުރެ ގިނަ ކުންފުނީގައި ފުރާ ފަރާތަކަށް ނުވުން.

އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީ (“އެންއާރުސީ”) އިން ދިރާސާކުރުމަށްފަހު ޝޯޓްލިސްޓުކޮށް، އެންމެ އެކަށީގެންވާ ފަރާތްތައް ކަނޑައެޅޭނެއެވެ. އަދި އެންއާރުސީ އިން މިގޮތަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމު އަހަރީ ޖަލްސާ އިއުލާނުކުރާއިރު އާންމުކުރެވިގެންދާނެއެވެ.

ކުންފުނިތަކުގެ ގާނޫނާއި ސީޖީ ކޯޑު އަދި ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިންސްގައިވާ ގޮތުގެ މަތިން ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ހޮވިވަޑައިގަންނަވާ ފަރާތް ބޯޑުގައި އިންނަވާނީ ޑިރެކްޓަރު ކަމަށް ހޮވިވަޑައިގަންނަވާ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ.

ހުރިހާ ފަރާތްތަކުންވެސް އެޕްލިކޭޝަން ފޯމާއެކު އެޕްލިކޭޝަނާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ބެއްލެވުމަށް http://www.ooredoo.mv/wp-content/uploads/2017/08/application-for-public-director.pdf މި ލިންކަށް ޒިޔާރަތްކޮށްލެއްވުން އެދެމެވެ. އަދި އުރީދޫ މޯލްޑިވްސްގެ އޮފީސް ހ.ސަންލީޓް 5 ވަނަ ފަންގިފިލާގެ ކައުންޓަރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން ހަވީރު 4.30 އަށް، އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާ ފަރާތްތަކުން، 10 ސެޕްޓެންބަރު 2017 (އާދީއްތަ) ގެ މެންދުރުފަހު 2.00 ގެ ކުރިން ހ.ސަންލީޓު 5 ވަނަ ފަންގިފިލާއަށް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި “Application for Director” ޖެއްސެވުމަށްފަހު ފޯމު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންފުޅުނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިފުރުސަތު ހުޅުވާލެވިފައިވާއިރު ވީހާ ގިނަ އަންހެން ކަނބަލުން މި މަގާމަށް ކުރިމަތިލުމަކީ އުރީދޫ މޯލްޑިވްސް ގެ ވަރަށްބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355