twitterviber whatsapp telegramfacebookyoutube instagram
20th April 2024

އައިޑޮލްގެ ތަރިންނާއެކު ބާރަށުގައި މިއަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރަނީ

Aug 22, 2017

ހަވާއެރުވުމާއެކު ހއ ބާރަށުގައި މިއަހަރުގެ ބޮޑު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ބުނެފި އެވެ. އީދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދަނީ ދާއިރާގެ މަޖިލިސް މެމްބަރު އިބުރާހިމް ސުޖާއު އިސްކޮށް ހުންވައިގެން، މަންދީރަ ބޮޑުބެރު ގުރޫޕާ ގުޅިގެން ކަމަށް ކައުންސިލްގެ ނައިބް ރައީސް އާސިފް އަބުދުﷲ ވިދާޅުވި އެވެ.

އާސިފް ވިދާޅުވިގޮތުގައި މިއަހަރު ބޮޑުއީދުގެ ހަރަކާތް ވަރަށް ފޯރިއާއެކު ކުލަގަދަކޮށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަން ކާމިޔާބުކުރި މުހައްމަދު ތަސްނީމް (ބޮބް) އާއި ފުރަތަމަ ސީޒަންގައި ދެވަނަ ކާމިޔާބުކުރި ޝަލަބީ އިބުރާހިމް އާއި ތިންވަނަ ކާމިޔާބުކުރި އިޝާން އެރަށުގައި ޝޯ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަންދީރަ ބޮޑުބެރު ގުރޫޕްގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށާއި އެމްއެންޑީއެފްގެ ހަވާއެރުވުމުގެ ހަރަކާތްތަކެއްވެސް އޮންނާނެ ކަމަށް އާސިފް ވިދާޅުވި އެވެ. އާސިފް ވިދާޅުވީ ޝެޑްއުލް އަދި ކައުންސިލަށް ލިބިފައިނުވާތީ ކުޅިވަރުތައް ކުރިއަށްދާނެ ވަގުތުތައް ބުންނަށް ނޭނގޭ ކަމަށެވެ.

” އީދުގެ ފަސް ރޭ ވަރަށް ކުލަގަދަކޮށް ގެންދާގޮތަށް އަދި އޮތީ. އެކަމަކު އަޅުގަނޑުމެންނަށް އަދި ޝެޑިއުލްއެއް ނުލިބޭ އެކަމުގައި އިސްކޮށް މިއުޅެނީ މަންދީރަ ބޮޑުބެރު ގުރޫޕުން. އަޅުގަނޑުމެންނަށް ޝެއުޑިލް ލިބުނީމަ އެނގޭނީ އެރެއަކު އޮންނަ އިވެންޓެއް ބުންނަށް ” އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ ކުޅިވަރުތައް ލައިވްކުރުމަށް ޕީއެސްއެމްގެ ޓީމެއްވެސް ބާރަށަށް އަންނާނެ ކަމަށެވެ. އަދި ސްޓޭޖްވެސް މާލޭއިން ގެނައުމަށް މިހާރު ބޯޓަކަށް އަރުވާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ސްޓޭޖް އަޅަނީ ރަށުގެ ބަނދަރު ސަރަހައްދު އެވެ.

ސަގާފީ ކުޅިވަރުތައްވެސް ވަރަށް ފޯރިގަދަކޮށް ކުރިއަށްދާނެ ކަމަށާއި އަންހެނުންގެ ދަނޑިޖެހުމާއި ފިރިހެންނުންގެ ދަނޑިޖެހުން އަދި އެރަށުގެ ބޮޑުބެރު ގުރޫޕެއްކަމަށްވާ ކަނބަރާ ގުރޫޕްގެ ހަރަކާތްތަކެއްވެސް ފެންނިގެންދާނެ ކަމަށް އާސިފް ވިދާޅުވި އެވެ. އޭގެ އިތުރުން ހއ ވަށަފަރުގައި އޮންނަ މިއުޒިކް ބޭންޑްތަކަށްވެސް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ ރަށުގައި ހުރި ކުއްޔަށްދޭ ހުރިހާ ކޮޓަރިއެއްހެން މިހާރު ބުކްކޮށް ފުލްވެފައިވާ ކަމަށެވެ.

މިއަހަރުގެވެސް ބޮޑުއީދުގެ ހަރަކާތްތަކަށް ވަރަށް ފުރިހަމައަށް ގިނަ ރަށްރަށުން އަންނަނީ ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355