twitterviber whatsapp telegramfacebookyoutube instagram
15th August 2026

ޖަލާލުއްދީނުގެ މަސައްކަތު ދުވަހުން 52 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

Aug 22, 2017

ޖަލާލުދީން ސްކޫލުން މިދިޔަ ހޮނިހިރު ދުވަހު މަސައްކަތު ދުވަހެއް ފާހަގަކޮށް 52،100 ރުފިޔާ ހޯދައިފި އެވެ.

އެސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ މަސައްކަތު ދުވަސް ކުރިއަށް ގެންދިޔައީ ބެލެނިވެރިން އަދި ޓީޗަރުން ބައިވެރިވެގެން 6 ގްރޫޕަކަށް ބަހާލައިގެންކަމަށެވެ.

އެގޮތުން ޖުމްލަ 52،100 ރުފިޔާ ލިބިފައިވާ ކަމަށާއި މި ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ސްކޫލް ގޯތިތެރޭގައި އައުޓް ޑޯރ ބެންޗު ހަރުކުރުމަށާއި ކުލާސް ރޫމްތަކުގައި ސްމާޓް ބޯޑް ހަރުކުރުމަށް ކަމަށެވެ. މިހާރު ބައެއް ކްލާސް ރޫމްތަކުގައި ސްމާޓް ބޯޑް ހަރުކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި މަސައްކަތު ދުވަހުން ލިބުނު ރުފިޔާއިންވެސް އެކަމަށް ހަަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އައިމިނަތު ވިދާޅުވި އެވެ.

މި މަސައްކަތު ދުވަހުގައި ސްކޫލް ހުރިހާ ގްރޭޑެއްގެ ބެލެނިވެރިން ބައިވެރިވެފައިވާކަމަށާއި ބައިވެރިނުވެވުނު ބެލެނިވެރިން ފައިސާގެ އެހީ ދީފައިވާކަމަށްވެސް އައިމިނަތު ވިދާޅުވި އެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 7:30 ން މެންދުރު 12:00 ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355