twitterviber whatsapp telegramfacebookyoutube instagram
24th May 2025

އަންހެން ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

Aug 22, 2017

15 އަހަރުގެ އަންހެން ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ކުޅުދުއްފުށީގައި ހިނގި މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ނުވަތު ނޫން ކަމެއްވެސް ފުލުހުން ނުބުނެ އެވެ.

ކޭއޯއަށް އިތުބާރު ހުރި ގޮތަށް އެނގިފައިވާ ގޮތުގައި މިކަން ފަޅާ އަރާފައިވަނީ މިމަހުގެ މެދެއްހާ ހިސާބުގަ އެވެ. އެ އަންހެން ކުއްޖާގެ ގާތް މީހަކު ކޭއޯއާ ވާހަކަދައްކަމުން ބުނީ އެކުއްޖާ ލައްވައި ހަށިވިއްކުވުމުގެ އެ އަމަލު ހިންގާފައިވަނީ އޭނާއަށް ގުޅައި ފަޅުގެއަކަށް ގެންގޮސް ފައިސާދީގެން ކަމަށެވެ. އެ އަންހެންކުއްޖާއަށް ގުޅައި އެތަނަށް ގެންގޮސްފައިވަނީ ފިރިހެނެއްކަން މި ނޫހަށް ވަނީ އެނގިފައެވެ.

އަދި ފަޅުގޭގައި ހުރި ދިވެއްސެއްގެ އިތުރުން ބަގްލަދޭޝް މީހަކުވެސް އޭނާގެ ހަށިގަނޑުގައި އަތްލައި ހެދިކަމަށް އެކުއްޖާއާ ހަވާލީދީ، އޭނާގެ ގާތް މީހަކު ކިޔައިދިނެވެ. އެކަމަކު އެތަނުގައި ތިބީ ކިތަށް މީހުންކަމެއް ސާފެއް ނުވި އެވެ.

މި ނޫހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނިގޮތުގައި، އެކުއްޖާ ޖެންޑާއަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ މަގަކުން ދަނިކޮށް ގަދަކަމުން ފަޅު ގެއަކަށް ވައްދައިގެން އަމަލު ހިންގީ ކަމަށެވެ.

ގްރޭޑް 9 ގައި ތައުލީމު ހާސިލްކުރަމުންދާ އެކުއްޖާ އެ ހާދިސާއަށްފަހު ސްކޫލަށްވެސް ނުދާ ކަމަށް އެމީހާ މައުލޫމާތު ދިނެވެ. އަދި ސްކޫލަށް ނުދާ މައްސަލައިގައި ސްކޫލުގެ ޕްރިންސިޕަލްވެސް އަންހެން ކުއްޖާގެ އާއިލާއާ ބައްދަލުކޮށް، އޭނާ ސްކޫލަށް ގެންދިއުމަށް މަސައްކަތްކޮށްފައިވާ ކަމަށްވެ އެވެ.

މިފަދަ މައްސަލައެއް ބަލަމުންދާކަމަސް ފުލުހުން ބުނެފައިވީނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355