twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށި ކޯޕަރޭޓިވް ސޮސައިޓީން ހިއްސާ ވިއްކަން ފަށައިފި

Aug 22, 2017

ދާދި ފަހުން ރަޖިސްޓްރީކުރި ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީން ހިއްސާ ވިއްކުމަށް ހުޅުވާލައިފި އެވެ.

ވިހިހާސް ހިއްސާ ވިއްކުމަށް ހުޅުވާލާފައިވާއިރު ހިއްސާއެއް ވިއްކަނީ ސަތޭކަ ރުފިޔާއަށެވެ. އެންމެ ގިނަވެގެން ފަރާތްތަކަށް ބައްލަވައިގަނޭވޭނީ 250 ހިއްސާ އެވެ.

މިސޮސައިޓީގެ ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލެވިފައިވާއިރު މިސޮސައިޓީގައި ބައިވެރިވެވޭނީ ކުޅުދުއްފުށީގެ ރައްޔިތުންނާއި ކުޅުދުއްފުށީގައި ދިރިއުޅުން ބިނާކޮށްފައިވާ ރައްޔިތުންނަށެވެ.

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީގައި ބައިވެރިވުމަށް އެދޭ ފޯމް، ހަނދުވަރީމަގުގައި ހުންނަ ސޮސައިޓީގެ ވަގުތީ އިދާރާ، ވިލާ އިން ލިބެންހުންނާނެ އެވެ. އިދާރާ ހުޅުވާފައިހުންނާނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 10:30 އަށް އަދި މެންދުރުފަހު 14:00 އިން 15:00 އަށެވެ.

އެޕްލިކޭޝަން ފޯމް ބަލައިގަންނަން ފަށާނީ މިމަހު 25 އިން ފެށިގެންނެވެ. އަދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރުމަހުގެ 10 ވަނަ ދުވަހެވެ. އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މިސޮސައިޓީގެ ނަންބަރު 9644012 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެވޭނެ އެވެ.

މިސޮސައިޓީގެ މައިގަނޑު މަޤުސަދުތަކަކީ:

ކޯޕަރޭޓިވް ހުރިހާ މެމްބަރުންނަށް މުދަލާއި، ހިދުމަތް ފޯރުކޮށްދީގެން މެންބަރުންގެ ގާބިލުކަން އިތުރުކުރުން

އިންވެސްޓް ކުރެވޭނެމަގު ފަހިކޮށްދިނުމާއި ނަފާ ހޯދައިދިނުމާއި ފަހަށް ފައިސާ ރައްކާކުރާނެމަގު ފަހިކޮށްދިނުން

އުފެންދުންތައް އިތުރުކޮށް، ގަނެވިއްކުމުގެ ބާރުވެރިކަން ކަށަވަރުކޮށްދިނުން

ލިބޭ ފައިދާ ހަމަހަމަކަމާއެކު ލިއްބައިދިނުމާ ކޯޕަރޭޓިވް ހިންގުމުގައި މެންބަރުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރުން

ގެއްލުމާއި ފައިދާ ހިއްސާވާ، ފުދުންތެރި ގާބިލު ބަޔަކަށް މެންބަރުން ހެދުން

މުޖުތަމައުގެ ބައިވެރިވުމާއި ދުޅަހެޔޮ އަދި ފުދުންތެރި ބަޔަކަށް ހެދުން، މެވެ.

މިސޮސައިޓީގެ ރައުސުލްމާލަކީ 2 މިލިއަން ރުފިޔާ އެވެ. މިރައުސުލްމާލު ބަހާލެވިފައިވަނީ ސަތޭކަ ރުފިޔާގެ ވިހިހާސް ހިއްސާގެ މައްޗަށެވެ.

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އުއްފަދަން ކައުންސިލުން މިދިޔަ މަހު ފާސްކޮށްފައިވާއިރު 25 އިންސަތައް ކައުންސިލުން ހިއްސާވާއިރު 75 އިންސަތަ ހިއްސާވާނީ ރައްޔިތުންނެވެ..

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355