twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ނައުމާއަށް ފަންޑު ހޯދުމަށް ހަރަކާތްތަކެއް ހިންގަނީ

Aug 23, 2017

ލެއަށް ކެންސަރު ޖެހިގެން އެބަލީގެ ވޭނީ އިހްސާސްތައް ތަހައްމަލުކުރަމުންދާ ކުޅުދުއްފުށީ، ރިހިވެލި ނައުމާ މުހައްމަދު (18އ) އަށް އެހީތެރިވުމަށް ފަންޑު ހޯދުމުގެ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިއްޖެ އެވެ.

ނައުމާއަށް ފަންޑު ހޯދުމަށް އިއްޔެ ހިރަފުސް ދަނޑުގައި ވަނީ ފަންޑު ފޮއްޓެއް ބަހައްޓާފަ އެވެ. އެ ފަންޑު ފޮށި މިއަދާއި ހުކުރުދުވަހު ހަވީރު އެދަނޑުގައި ބެހެއްޓިފައި ހުންނާނެކަމަށް ހިރަފުހުން މައުލޫމާތުދެ އެވެ.

ފަންޑް ރައިޒްކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އަންނަ ހުކުރުދުވަހު ހަވީރު ހދ އޭއީސީގައި ބާއްވާ ރައްކާ ރޯޑް ޝޯ ކުރިއަށްދާއިރު އެސަރަހައްދުގައި ތަފާތު އެއްޗެހި ވިއްކައިގެން ފަންޑް ހޯދުމަށް ހަމަޖެހިފައިވާކަމަށް އެކަމުގައި އުޅޭ އޮފިސަލަކު ބުންޏެވެ.

އޭނާ ބުނީ ރައްޔިތުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އެތަނުގައި ކަޕްކޭކް، ސޮސެޖް، ޖޫސްޕެޓީ، މަޖާ އަދި އައިސްމައިލޯ ފަދަ ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު، ހޮނިހިރު ބާޒާރުގައި އާއި އެދުވަހުގެ ހަވީރު ކުޑަކުދިން ޕާކް ކައިރީގައި އިތުރުން ރަށުތެރޭގެ އެކި ސަރަހައްދުތަކުގައި ނައުމާއަށް ފަންޑު ހޯދުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.

އަދި މިހަރަކާތުގައި ރަށުގެ ސްކޫލް ތަކުންނާއި ޖަމިއްޔާތަކުގެ އިތުރުން ބައެއް ފިހާރަތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެފަރާތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ނައުމާގެ ދައްތަ ނަދީމާ ބުނީ އަންނަ ހަފްތާ ބަންދުގައި މާލޭގެ އެމްޕީއެލް ސަރަހައްދުގައި ކަޕްކޭކް ވިއްކުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށާއި އެކަމުގައި އިސްކޮށް އުޅެނީ ހދ މަކުނުދޫގެ ރައްޔިތުންތަކެއް ކަމަށް ނަދީމާ ބުންޏެވެ.

2 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ކުޅުދުއްފުށީގެ އާންމު ރައްޔިތުންގެ 80 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. އަދި މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން “ހެލްޕް ނައުމާ” ގެ އެފްބީ ޕޭޖަން އިންބޮކްސް ކޮށްލުމަށް ވަނީ އެދިފައި އެވެ.

އި 25 އޮގަސްޓް ވާ ހުކުރު ދުވަހު އޭއީސީގައި ބޭއްވޭ ރައްކާ ރޯޑް ޝޯ ކުޑަކުދިންގެ ހަވީރުގައި ނައުމާއަށް ފަންޑު ހޯދުމުގެ ހަރަކާތްތައް ފަށާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ރައްކާ ރޯޑް ޝޯ ގެ ފަރާތަކުން ހިއްގާ ހަރަކާތެއް ނޫން ކަމަށާއި އެއީ އާންމު ރައްޔިތުންތަކެއް އިސްނަގައިގެން ހިންގާ ހަރަކާތެއް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެގޮތުން އެދުވަހު 3 ގުރޫޕް އަކަށް ބަހާލައިގެން ކަޕްކޭކް، ސޮސެޖް، ޖޫސްޕެޓީ، މަޖާ އަދި އައިސްމައިލޯ ވިއްކުމަށް ވަނީ ހަމަޖެހިފަ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި 26 އޮގަސްޓް ވާ ހޮނިހިރު ދުވަހު ހޮނިހިރު ބާޒާރުގަ އާއި އެދުވަހުގެ ހަވީރު ކުޑަކުދިން ޕާކް ކައިރީގަ އިތުރުން ރަށުތެރޭގައި ވެސް ހަރަކާތްތެރިވާނެ ކަމަށެވެ.

އަދި މިހަރަކާތުގައި ރަށުގެ ސްކޫލް ތަކުންނާއި ޖަމިއްޔާތަކުގެ އިތުރުން ބައެއް ފިހާރަތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެފަރާތް ތަކަށް ވަނީ ޝުކުރު ދަންނަވާފައި އެވެ.

މީގެ އިތުރުން ނައުމާ އަށް އެހީވެދިނުމުގެ ގޮތުން އެކި ޖަމިއްޔާ ތަކުންނާއި އާންމު ފަރާތްތަކުން ދަނީ ރަށުގެ އެކި ތަންތާގައި ފަންޑު ފޮށިތައް ބަހައްޓަމުން ނެވެ.

2 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ކުޅުދުއްފުށީގެ އާންމު ރައްޔިތުންގެ 80 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. އަދި މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން “ހެލްޕް ނައުމާ” ގެ އެފްބީ ޕޭޖަން އިންބޮކްސް ކޮށްލުމަށް ވަނީ އެދިފައި އެވެ.

ނައުމާއަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ނައުމާގެ ދައްތަ ނަދީމާ މުހައްމަދަށް 9908002 އަދި ނައުމާގެ ބޭބެ އަހުމަދު މުހައްމަދު 9742184 ގުޅުވައިގެން މައުލޫމާތު ހޯދެވުން އެދެމެވެ. އަދި އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތަކުން ލަތީފާ ހަސަން  ބީއެމްއެލް ރުފިޔާ އެކައުންޓް 7706460644001  އަދި ޑޮލަރު އެކައުންޓް 7706219199001 އަހުމަދު މުހައްމަދު އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355