twitterviber whatsapp telegramfacebookyoutube instagram
17th April 2024

ކުދި ސިއްހީ މައްސަލަތަކަށް މި ޓެކްނޮލޮޖީތަކުން ލުޔެއް ހޯދިދާނެ

Aug 24, 2017

ދުނިޔެ ކުރިއަރައިގެން މިދާ ހަލުވިމިނުގައި އަލަށް އީޖާދު ކުރަމުން އަންނަ ޓެކްނޮލޮޖީތަކަކީ އެންމެން ވެސް ހައިރާން ކުރުވާ އީޖާދުތަކެކެވެ. އަހަރުމެންގެ ދިރިއުޅުން ޓެކްނޮލޮޖީގެ ސަބަބުން ފަސޭހަވެފައިވާއިރު އަމިއްލައަށް ބޭނުންކޮށްގެން ސިއްހީ މައްސަލަތައް ދެނެގަނެވޭނެ ފަދަ ޓެކްނޮލޮޖީ އަހަރެމެން ތެރޭގައި ބައިވަރެވެ.

އެގޮތުން 2017 ވަނަ އަަހަރު ސިއްހީ ހިދުމަތްތަަކަށް އިތުރު ކުރިއެރުން ތަކެއްގެނެސްދިނުމުގައި މި ޑިވައިސްތައް އިސްދައުރެއް އަދާކުރެއެވެ.

ގުރުރިދެމުން ހުއްޓުުވުމަށް ނިދާގަޑީގައި ބޭނުންކުރާ މި ގަނޑިއަކީ ހަމައެކަނި ތިމާގެ ކައިރީގައި ނިދަން އޮންނަ މީހާއަށް އެކަނި ފަސޭހަކޮށްދޭނެ އެއްޗެއްނޫނެވެ. މީއީ ތިމާގެ ސިއްހަތަށް ވެސް ފައިދާ ކުރާނެ އެއްޗެކެޗެ. ސްލީފް އެފްނިއާ އަކީ ނިދާ އިރު ނޭވާލުމަށް އަންނަ ބަދަލަކުން ނުވަތަ ނެވާލުމަށް އުނދަގުވުމުން ދިމާވާ ކަމެކެވެ. އެގޮތުން ހިތުގެ ބަލިތަކާއި، ސިކުނޑީގެ މައްސަލަތައް ދިމާވެދާނެ ސިއްހީގޮތުން ނުަރައްކާތެރި ކަމެކެވެ.

ހަށިގަނޑުގެ ޓެމްޕަރޭޗާ ބެލުމަށް މިހާރުވެސް ގިނަ ވަސީލަތައް ހުރެއެެވެ. އެހެން ނަަމެވެސް މިއޮތީ އެކަމަށް ވަރަށް ފަސޭހަގޮތެކެވެ. ހާއްސަކޮށް ކުޑަ ކުއްޖެއްގެ ގައިން ޓެމްޕަރޭޗާ ބަލާލުމަށް ޓެމްޕްޓްރެކް އިން ވަރަށް ފަސޭހަވާނެއެވެ. އެގޮތުން ޓެމްޕް ޓްރެކް ހަށިގަނޑުގައި ތަތް ކޮށްލުމުން ހަށިގަނޑުގެ ހޫނުމިން، ވިންދު ހުރި ވަރު ފޯނަަށް ޑައުންލޯޑް ކުރާ ޓެމްޕްޓްރެކް އެޕަށް ލިބެމުންދާނެ އެވެ.

މިއޯ ސްލައިސް އަކީ ކަސްރަތުކުރުމަށް ހިނގާ މީހުންނަށް ނުވަަތަ ދުވާމީހުންނަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ފިޔަވަޅު އެޅޭ މިންވަރު ބެލުމަށް ހާއްސަ މި ޓްރެކަކީ އަތުގައި އެޅޭގޮތަށް ފަރުމާކޮށްފައިވާ ޑިވައިސް އެކެވެ. މިއީ މިފަދަ ޑިވައިސް އެއް އުފެއްދި ފުރަތަމަ ފަހަރެއްނޫނެވެ. ފޯނުންވެސް ސްޓެޕް ކައުންޓަރ ގެ ނަމުގައި މީގެ އެޕްލިކޭޝަންތައް އެޅޭނެވެ. ނަމަވެސް ފޯނު ހިފައިގެން އުޅުމަށްވުރެ މި ޑިވައިސް ގެންގުޅެން މާ ފަސޭހަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355