twitterviber whatsapp telegramfacebookyoutube instagram
15th August 2026

އެމްއާރުއައި މެޝިނާއި ސީޓީ ސްކޭނިންގ މެޝިން ބަހައްޓާތަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

Aug 23, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓައި އެމްއާރުއައި ސްކޭނިންގ މެޝިނާއި ސީޓީ ސްކޭން މެޝިން ބަހައްޓަން ހަމަޖެހިފައިވާ ތަން މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިމެޝިނަރީތައް ބެހެއްޓުމަށް މަރާމާތުކުރަނީ ކުރީގެ ޖެނެރަލް ވޯޑެވެ. މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރުމަށް ހަވާލުވެފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) ގެ ޑިރެކްޓަރު އަލީ އުސައިދު ކޭއޯއަށް މީގެ ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވީ އެމްއާރުއައި މެޝިނާއި ސީޓީ ސްކޭންގެ މެޝިނުގެ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީގެ އެޕްރޫވަލްވެސް މިހާރު ލިބިފައިވާ ކަމަށެވެ.

މެޝިނުތައް ބަހައްޓަން ހަމަޖެހިފައިވާ ތަން މަރާމާތުގެ މަސައްކަތް ކުރިއަށްދަނީ–

އޭނާ ވިދާޅުވިގޮތުގައި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެމްއާރުއައި މެޝިނާއި ސީޓީ ސްކޭނިންގ މެޝިން ކުޅުދުއްފުއްޓަށް ގެނެސް، އޮކްޓޯބަރު ދިހައެއްގެ ކުރިން ސީޓީ ސްކޭންގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.

އެތަން ތައްޔާރުކުރަނީ ދައްގަފާނުގެ އަސަރު ބޭރަށް ނުކުރާނޭހެން ފާރުތަކުގެ ތެރެއަށް ލެޑްސީޓެއް ލައްވައިގެންނެވެ. އަދި އެތަނުގެ ފުރާޅު ނަގައި ޝީޓެއްވެސް އަޅަން އެޅުމަށް ހަމަޖެހިފައިވާއިރު އެތަނުގެ ދޮރުތައްވެސް ހަދާނީ މެގްނެޓިކް އަސަރު އޭގެ ބޭރަށް ނުދާނެ ފަދަ މާއްދާއަކުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355