twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެމްއެމްއޭ ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރައްވައިފި

Aug 24, 2017

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އާ ގަވަރުނަރު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އަހުމަދު ނަސީރު އައްޔަން ކުރައްވައިފި އެވެ. މަޖިލީހުން މިއަދު ވަނީ ނަސީރު އައްޔަން ކުރަން ވޯޓްނަގައި ރުހުން ދީފަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ ވަނީ ނަސީރު ގަވަރުނަރުކަމަށް އައްޔަން ކުރި ކަމުގެ ލިޔުން ހަވާލުކޮށްފައި އެވެ. އަދި އެ ލިޔުން ހަވާލުކޮށްދެއްވާ އާ ގަވަރުނަރާ ރައީސް އަބްދުﷲ ޔާމީން ވަނީ ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ.

އެމެރިކާ އިން ޕޮލިސީ އެކޮނޮމިކްސްއިން މާސްޓާސް ނަންގަވާފައިވާ ބޭފުޅެއް ކަމަށްވާ އަހުމަދު ނަސީރަކީ އަދި އިކޮނޮމިކްސް އެންޑް މާކެޓިންއިން ބެޗްލާސް ވެސް ހާސިލުކޮށްފަ އެވެ. އަދި މިހާތަނަށް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ އަހުމަދު ނަސީރު މިހާރު ހުންނެވީ ވޯލްޑް ބޭންކްގެ ޕްރޮޖެކްޓެއް ކަމަށްވާ ޕަބްލިކް ފިނޭންސް މެނޭޖްމެންޓް (ޕީއެފްއެމް)ގެ ޕްރޮޖެކްޓް ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭގެއިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިތީ (ސީއެމްޑީއޭ)ގެ ޗެއާމަން ކަން ވެސް ދަނީ ކުރައްވަމުންނެވެ.

މީގެކުރިން ނަސީރު ވަނީ އެމްއެމްއޭގެ އިސް ދެ މަގާމެއް ފުރުއްވާފައި އެވެ. އެއީ އެމްއެމްއޭގެ ޑެޕިއުޓީ މެނޭޖަރުކަން 2008 ން 2010 ވަނަ އަހަރަށް އަދި މެނޭޖަރުކަން 2010 ން 2011 ވަނަ އަހަރަށް ކުރެއްވި އެވެ.

ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ 33 މެމްބަރުންގެ ވޯޓުންނެވެ. އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އެއްވެސް އިދިކޮޅު މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355