twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހުމައިދާ

Aug 25, 2017

2016 ވަނަ އަހަރު ޖަލާލުއްދީން ސްކޫލް ގެ މަތީ ސާނަވީ ހުރިހާ ގޮތަކަށް އެންމެ މޮޅު ދަރިވަރަކަށް އައިމިނަތު ހުމައިދާ ހޮވިއްޖެއެވެ

މިރޭ ޖަލާލުއްދީން ސްކޫލު ހޯލުގައި ބޭއްވި 2016 ވަަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ހުމައިދާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސާ އިނާމް ހަވާލުކޮށްދެއްވީ މި ޖަލްސާ ޝަރަފުވެރި މެހެމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަރިޔަމް އަޒްރާ އަހުމަދެވެ.

މިދިޔަ އަހަރުގެ ސާނަވީ އިންތިހާނުން އެއްވަނަ މަގާމަށް ތިން ދަރިވަރަކު ގޮސްފައިވެ އެވެ. އެއީ އިޒްކާ މުހައްމަދު، އިފާޔަތު އިބްރާހިމް އަދި އިހާދާ އަހުމަދެވެ. މި ދަރިވަރުންނަށްވެސް އިނާމް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަރިޔަމް އަޒްރާ އަހުމަދެވެ.

މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހުމައިދާ–

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކިޔަވަން ބޭނުންވާ ދަރިވަރަކު ކޮންމެ ގޮންޖެހުމަކާ އެކުވެސް ކިޔެވުމަށް މަސައްކަތް ކުރާނެ ކަމަށާއި މި ޒަމާނަކީ ޓެކްނޮލޮޖީގެ އެހީގައި އިލްމު އުގެނުމުގައި ލުއިފަސޭހަވެފައިވާ ޒަމާނެއްކަމަށެވެ. އަދި ކޮންމެ ކަހަލަ މަސައްކަތަށްވެސް އަދި ދިރިއުޅުމުގައިވެސް އިލްމަކީ މުހިއްމު އެއްޗެއްކަން ސްޓޭޓް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ޖަލާލުއްދީނަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ސްކޫލެއް ކަން ފާހަގަކޮށް  ދަރިވަރުން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކުރިއަށް އޮތްތަނުގައިވެސް ކާމީޔާބީ ހާސިލް ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވި އެވެ.

މި ޖަލްސާގައި އެކި ގްރޭޑް ތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމެވެ. އަދި ސްކޫލުގައި ބޭއްވި އިތުރު ހަރަކާތްތަކުން ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ކުޅުދުއްފުއްށީ ކައުންސިލް މެމްބަރު ސަމާ އަލީ އެވެ.

މިދިޔަ އަހަރު ސާނަވީ އެއްވަނަ ހާސިލްކުރި ތިން ދަރިވަރުން–

މި ޖަލްސާގައި 2016 ވަނަ އަހަރު ޖަލާލުއްދީން ސްކޫލު ހިނގައި ދިޔަ ގޮތުގެ ރިޕޯޓް އިއްވަވައި ދެއްވީ އެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަމިނަތު މުހައްމަދެވެ. އެ ރިޕޯޓުގައި ސްކޫލުގެ ދަރިވަރުން ހޯދަމުންދާ ކާމިޔާބުތަކުގެ މައްޗަށާއި ހިންގުނު އިތުރު ހަރަކާތްތަކާއި ހަރަކާތްތަކުން ދަރިވަރުން ލިބުނު ކާމިޔާބުތަކުގެ އިތުރުން ހުސްވި އަހަރު އެސްކޫލަށް ލިބުނު ބަޖެޓާއި ކުރެވުނު ހަރަދުތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދެއްކެވި އެވެ.

ޖަލްސާގައި މަރުހަބާ ދެއްނެވީ ސްކޫލް ކެޕްޓަން އަހުމަދު މޫސާއެވެ. އަދި ދަރިވަރުންގެ ޝުއޫރުފާޅުކުރީ އައިމިނަތު ހުމައިދާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355