twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަގާންމަގުގައި ބުދަ ދުވަހުން ތާރު އަޅަން ފަށާނަން: އެމްއާރުޑީސީ

Aug 27, 2017

ކުޅުދުއްފުށީ މަގާންމަގުގައި އަންނަ ބުދަ ދުވަހުން ތާރު އަޅަން ފަށާނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.

އެމްއާރުޑީސީ ބުނީ ކުޅުދުއްފުށީ މަގާންމަގުގައި ތާރުއެޅުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އެގޮތުން ސީއެސްބީ ލޭޔަރ އަދި ޕްރައިމް ކޯޓް އެމަގުގައި އަޅައި ނިމިފައިވާ ކަމަށް އެމްއާރުޑީސީން ބުނެ އެވެ.

މަގާމަގުގެ އިތުރުން ފަނޑިޔާރުމަގު އަދި ކަނބޯރަނި މަގުގައި ސީއެސްބީ ލޭޔަރ އަޅައި މިއަދު ޕްރައިމް ކޯޓް އަޅަން ފަށާނެކަމަށާއި އަދި މިސްކިތް މަގުގައި ސީއެސްބީ ލޭޔަރ އަޅަން މިހަފްތާ ބުރާސްފަތި ފަށާނެކަމަށް އެމްއާރުޑީސީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއްގައި 5.8 ކިލޯމީޓަރުގައި ތާރުއަޅެމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއާރުޑީސީން ބުނީ ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު މި އަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއު އެންމެ ފުރަތަމަ ފަށާފައިވަނީ 2010 އަހަރު ތެރޭގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355