ތުރުކެމެނިސްތާންގެ އަޝްޣަބަތުގައި ބާއްވާ 5 ވަނަ އޭޝިއަން އިންޑޯ ގޭމްސްގައި ކުޅުދުއްފުށީގެ ޒުވާން އެތްލީޓް އަހުމަދު އަނޫފު މުހައްމަދު ހިމެނިއްޖެ އެވެ.
5 ވަނަ އޭޝިއަން އިންޑޯ ގޭމްސްގެ އެތުލީޓުން ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން —
އެޓްލެޓިކްސް އެސޯސިއޭޝަން އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި މުބާރާތަށް އެކުލަވާލި ޓީމްގައި ހިމެނޭ އެތުލީޓުންނަކީ އަހުމަދު އަނޫފް މުޙައްމަދު، އިބްރާހީމް އަޝްފާން އަލީ، މުހައްމަދު ނާއިލް އަދި އަލީ ޝާމް ކަމަށެވެ. އަދި ކޯޗެއްގެ ގޮތުގައި ދިޔުމަށް ހަމަޖެހިފައި ވަނީ ނޭޝަނަލް މިޑްލް ޑިސްޓެންސް ކޯޗް ޢަބްދުﷲ އިބްރާހީމް ކަމަށެވެ.
އަދި ރާއްޖެއިން މި މުބާރާތުގައި ވާދަކުރާނީ އިންޑޯ އެތުލެޓިކްސްގެ ފިރިހެނުންގެ ބައިގައި ކަމަށާއި މުބާރާތުގައި އަނޫފް އާއި އަޝްފާން ވާދަކުރާނީ ފިރިހެނުންގެ 60މ ދުވުމުގައެވެ. އަދި ނާއިލްއާއި އަލީ ޝާމް ވާދަކުރާނީ ފިރިހެނުންގެ 400މ ދުވުމުގައެވެ.
މި ގޭމް ކުރިއަށް ދާނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 17 ން 27 އަށެވެ.