ކުޅުދުއްފުއްޓަކީ ޒަމާނުންސުރެއް އީދު ވަރަށް ފޯރިއާއެކު ފާހަގަކުރާ ރަށެކެވެ. ތިން އަވަށުގެ ސްޓޭޖް އަޅައިގެން މާލެއިންނާއި ރަށުން ބޭރުން ގިނަ ގުރޫޕްތަށް ގެނެސް ވަރަށް ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރި ރަށެކެވެ. ނަމަވެސް ތަފާތު އެކި ކަންތައްކާހުރެ އެކަން ވަނީ ވަރަށް ފިނިވެފަ އެވެ.
އެގޮތުން މިއަހަރުގެ ބޮޑު އީދު ވެގެންދާނީ ކުޅުދުއްފުށީގެ ހަޔާތުގައިވެސް އަންނަ އެންމެ “ވަނދު” އީދުގެ ގޮތުގަ އެވެ.
މިއަހަރުގެ ބޮޑު އީދުގައި އޮތީ ހަމައެކަނި ކުޅުދުއްފުއްޓަށް ހާއްސަ ބައެއް ސަގާފީ ކުޅިވަރުތައް އެކަންޏެވެ. އެގޮތުން ގިނަ ބައެއްގެ ސަމާލުކަން ހޯދައި މަށިމާލީ މިއަހަރުގެ އޮންނާނެ އެވެ. އަދި ދަމު ހިނގުމާއި ރާނީ ހިނގުން ވެސް އޮންނާނެ އެވެ.
ބޮޑުފައިވާނުގައި ހިނގުމާއި ދެން އޮންނާނީ އަންހެންނާއި ފިރިހެނުންގެ ދަފި ނެގުމެވެ. ހިއްޗަށްވަޑައިގަތުން މިއަހަރު އޮންނާނެކަން އަދި އެނގިފައެއް ނެތެވެ.
މިއަހަރު ސްޓޭޖް ޝޯތައް ބައެއް ފަރާތްތަކުން ބާއްވަން މަސައްކަތް ކޮށްފައިވީނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި އެކަން ވަނީ އެންމެ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ.