ޕެޝަން ފުރުޓަކީ ރާއްޖޭގައި ވަރަށް ގިނައިން ފެންނަ މޭވާ އެކެވެ. އަދި ފަސޭހައިން ހައްދާލެވޭ މޭވާ އެއްވެސް މެއެވެ.
ބައެއް ފުރުޓް ވެލުގައި މޭވާ އަޅާލެއް އަވަހެވެ. ނަމަވެސް ބޮޑު ވެޔޮގަނޑު ހެދިފައި އޮތް ނަމަވެސް ފުރުޓް ނާޅާވެސް ހުރެއެވެ. ދެން އެންމެ ފަހުން ޖެހެނީ ވެޔޮގަނޑު އުފުރާލާށެވެ. އެގޮތުން ފުރުޓް ނޫނަސް ފުރުޓުގެ ފަތްވެސް ކާންވީ ސަބަބު މިއޮތީ އެވެ.
ލޭމައްޗަށް ދިޔުން
ލޭމައްޗަށް ދިޔުން ނުވަތަ ހައިޕާޓެންޝަންގެ ފަރުވާއަށް ފުރުޓް ފަތަކީ އެއްވަނައެވެ. ފުރުޓް ފަތުގައި ހިމެނޭ ހަރްމާނޭ އަލްކަލޮއިޑްސް ގެ ސަބަބުން ލޭ މައްޗަށް ދިޔުމުން ދުރުކޮށްދެއެވެ. އެއީ އަލްކަލޮއިޑްސްގެ ސަބަބުން ލޭ ދައުރުކޮށްދޭ ވެސަލްތަކުގެ މަސްތަށް އަރާމުކޮށްދިނުމަށް އެހީވެދޭތީ އެވެ.
ނޭވާހިއްލުން
ފުރުޓް ފަތާއި ފުރުޓުގެ ތޮށިން ނޭވާލާން ދަތިވެ ނޭވާހިއްލާ ފަރާތްތަކަށް އެހީވެދެއެވެ. ފުރުޓުގެ ތޮށީގައި އެކުލެވޭ މާއްދާއެއްގެ ސަބަބުން ނޭވާހިއްލާ މިންވަރު މަދުކޮށްދިނުމަށް އެހީވެދޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ޕެޝަން ފުރުޓް ކުނޑީގެ ވަހުންވެސް ނޭވާހިއްލާލެއް މަދުކޮށްދޭ ކަމަށެވެ.
ވިޓަމިން ސީ އަދި އޭ
ފުރުޓްފަތުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި އޭ ހިމެނެއެވެ. އެގޮތުން ވިޓަމިން އޭ އަކީ ހަމުގައި އާ ސެލްތައް އުފެއްދުމަށް އެހީވެދޭ ވިޓަމިން އެކެވެ. އަދި އެއީ ލޮލަށް ވެސް ވަރަށް މުހިއްމު މާއްދާއެކެވެ. އަދި ވިޓަމިން ސީ އަކީ ހަންގަނޑު މުސްކުޅިވުމުން ދުރުކޮށްދޭ ވިޓަމިން އެކެވެ. އެހެންކަމުން މިއީ އާންމުކޮށް ކެއުމުގައި ހިމެނުމަށް ރަގަނޅު ބާވަތެކެވެ.