twitterviber whatsapp telegramfacebookyoutube instagram
13th February 2026

އައިފޯންގަ ހުންނަ އެޕްތަކަށްވުރެ މި އެޕްތައް ފަސޭހަ ވާނެ

Aug 28, 2017

އެހެން ފޯނުތަކެކޭވެސް އެއްފަދައިން އެޕަލް ފޯނުތައްވެސް ފުރިފަ އޮންނާނީ އެޕުލިކޭޝަން ތަކުންނެވެ. އެހެން ނަމަވެސް އެޕް ސްޓޯގައި އެޕަލްގެ އެޕްލިކޭޝަން ތަކަށްވުރެ ފަސޭހަ އެޕްތަށް ހުރެއެވެ. އެގޮތުން މިއީ ފާހަގަ ކޮށްލެވޭ ބައެއް އެޕްލިކޭޝަން ތަކެވެ.

ކަލަންޑަރ

އެފަލްގެ ކަލަންޑާގެ ބަދަލުގައި ގޫގުލް ކަލަންޑަރ ބޭނުންކުރާށެވެ. ބަލާލަށް ރީތި ބޭނުންކުރަން އެހާމެ ފަސޭހަ ވާނެ އެވެ. އެޕަލް ކަލަންޑަރ ގޮތަށް ފޭސްބުކް އަދި އައިކުލައުޑްގެ ހުރިހާ ޑޭޓާއެއް ގޫގުލް ކަލަންޑަރ އަށް އަޅާލެވޭނެ އެވެ. އަދި ތިރިއަށް ސްކްރޯލް ކޮށްލުމުން ކުރިއަށް ރާވާފައި ހުރި ކަންކަމާއި މަތީ ކަނާތު ކަނަށް ފިއްތާލުމުން އަނެއް ދުވަހަށް ރާވާފަ ހުރި ކަންތައް ބަލާލެވޭނެ އެވެ.

މެޕް

އެޕަލް ފޯނުގެ މެޕް މިހާރު ވަނީ ވަރަށް ތަފާތުވެފައި އެވެ. ނަމަވެސް އަދިވެސް ގޫގުލް މެޕްހާ ހިތްގައިމެއް ނޫނެވެ. ގޫގުލް މެޕްގައި ގިނަ މައުލޫމާތު ލިބެން ހުރެއެވެ. ދާން ބޭނުންވާ މަންޒިލާއި ހަމައަށް ދެވޭނެ ވަގުތު ކާރުގަ، ހިނގާފަ ނުވަތަ ބަހުގަ ދިޔަ ކަމުގައި ވިޔަސް އެނގެން ހުރެއެވެ.

މޫސުން

އެޕަލްގެ މޫސުން އެޕް އަށްވުރެ ތަފްސީލުކޮށް އަދި ސައްހަ މައުލޫމާތު “ޑާކް ސްކައި” ނަމަކަށް ކިޔާ އެޕްލިކޭޝަން އެއްގައި ހުރެއެވެ. ގަޑިން ގަޑިއަށް އަދި ދުވަހުން ހަފްތާގެ މޫސުން ފެންނަން ހުރެއެވެ. އޭގެ އިތުރުން ޖީޕީއެސް ޓްކެކް ކޮށްލުމުގެ އިތުރުން ވާރޭވެހެން ފަށަން އުޅޭނަމަ ނޯޓިފިކޭޝަންއެއްވެސް އާދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355