twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ – ނޫޙްގެފާނުގެ ގައުމުގެ މީހުން (09)

Oct 7, 2017

ނުވަ ވަނަބައި

ތޫފާނުގެ އަސަރު ފާޅުވުން

ﷲގެ އަމުރުފުޅަށް ނޫޙްގެފާނު ބެންނެވި ނައުކޮޅު ބަނދެ މިނިއްޖެއެވެ، ނޫޙްގެފާނު ހުންނެވީ ﷲގެ އަމުރުފުޅެއްގެ އިންތިޒާރީގައެވެ. ނޫޙްގެފާނުގެ ގެކޮޅުގެ އުނދުންނުން އަޑަޔާހިލާފު ގޮތަކަށް ފެންއަރަން ފަށައިފިނަމަ އެއީ ތޫފާނުގެ ފެށުންކަމަށާއި ނޫޙްގެފަނު މަސައްކަތްޕުޅު ފައްޓަވަންވީ ވަގުތުކަމުގައި މާތްﷲ އެކަލޭގެފާނަށް އެންގެވިިއެވެ.

ކޮންމެއަކަސް އެންމެފަހުން ބިރުވެރިދުވަސް އަތުވެއްޖެއެެވެ.ނޫޙްގެފާނުގެ ގެކޮޅުގައިވާ އުނދުނުން ހޯސްލާފައި ފެންއަރައި ފެންގަނޑު ބަންޑުންވާން ފަށައިފިއެެވެ. އެހިނދު ނޫޙްގެފާނު އަވަސްވެވަޑައިގެން ނައު ހުޅުއްވައި އެކަލޭގެފާނަށް ތަވާބީ މީސްތަކުން ނަވަށްއެރުމަށް އަމުރުކުރައްވައިފި އެވެ. އަދި ނައަމްސޫތްޕާއި ދޫނިސޫފާސޫތްޕާއި ޖަނަވާރުތަކުން ކޮންމެ ވައްތަރަކުން އަންހެން އެއްޗަކާއި ފިރިހެން އެއްޗެއް ނަވަށް ލެއްވިއެވެ. އަދި އެކަލޭގެފާނު މިތަކެތި ނަވަށް ލައްވާތަސް ކާފިރުންނަށް ފެނުނުހިނދު، އެބައިމީހުން އެކަލޭނގެފާނަށް މަލާލަތްކޮށް ބާރަށް ހީނ ހަދައި ބުންނަށްފަށައިފިއެވެ.” ނޫހްގެފަނު މޮޔަފުޅުވެއްޖެއެވެ. މިޖަނަވާރުތައް ނަވަށް ލައްވައިގެން އެއުޅުއްވަނީ ކޮންކަމަކު ހެއްޔެވެ؟”

“ތިމަންރަސްކަލާނގެ އަމުރުފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެންއަރައި، އުތުރިގެންފުމަށް ދާންދެނެވެ. (އެހިނދު) ތިމަންރަސްކަލާނގެ ވަހީކުރެއްވީމެވެ. ކޮންމެ އެއްޗަކުން ދެޖިންސުގެ ދޭއްޗާއި، އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެ ގޮސްފައިވާ މީހަކު ފިޔަވައި، އެލޭގެފާނުގެ އަހުލުވެރިންނާއި. އީމާންވެގެންތިބި މީހުން އެނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެން ނުވެއެވެ.”(ސޫރަތުލް ހޫދް: 40)

އީމާންވީ މީސްތަކުންގެ އަދަދު

ނޫޙްގެފާނު އަނބިކަނބަލުން ވީ ކާފިރުވީ މީސްތަކުންގެ ތެރެއިންނެވެ. ހަމަ އެފަދައިން ނޫޙްގެފާނު ދަރިކަލަކުވެސް އީމާންވެގެން އުޅުނު ކަމަށް ދައްކައިގެން ނަމަވެސް ކާފިރުންގެ ތެރެއިން ވިއެވެ. މިގޮތުގެ މަތިން ކާފިރުކަން ވަންހަނާކޮށްގެން ތިބި އެތައްބަޔަކު، ނޫހްގެފާނު ނަވަށް އެރުމަށް ކުރެއްވި އަމުރަށް ނުކިޔަކަންތެރިވެ، ނަވަކަށް ނޭރިއެވެ. އެހެނީ ﷲ އިރާދަކުރައްވާފައި ވަނީ ކާފިރުވި މީސްތަކުން ހަލާކުކުރެއްވުމަށެވެ.

ނޫޙްގެފާނާއެކު ނަވުގައު ތިބި މީސްތަކުން އަދަދާމެދު އިލްމުވެރިން ވަނީ ހިލާފުވެވަޑައިގެންނެވެ. އެއަދަދަކީ 80 މީހުން ކަމުގައި އިބްނު އައްބާސް ރިވާކުރެއްވާއިރު ކައުބަލް އަޙްބާރު ވިދާޅުވާގޮތުގައި އެއަދަދަކީ 72 އެވެ. އެހެން ބޭކަލުން ވިދާޅުވާގޮތުގައި އެއަދަދަކީ ނޫޙްގެފާނާއެކު 10 އެެވެ.

ތޫފާނު އެރުން

ނޫޙްގެ ފާނުގެ ގައުމުގެ މީސްތަކުން ހަލާކުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަގުތު އައިސް ޖެހުނުހިނދު، ފެންއަރާކުން ފެންއަރާބީދާއިން ބިންގަނޑުން ފެންއެރުމާއެކު، އޭގެކުރިން ދުވަހަކުވެސް ނުވެހޭ މިންވަރަކަށް ވާރޭވެހެން ފެށިއެވެ. އަދި ބިމުގެ އަޑިއަށް އައި ލޮޅުމެއްގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ކުއްލިއަކަށް އުފުލި، ރާޅުތައް ގަދަފަދަކަމާއެކު ރަށުތެރެއަށް އަރައިގެން ދާންފަށައިފިއެވެ. ބޮޑާކަމާއެކު ކާފިރުން އުޅެމުންދިޔަ ގޭގޭ ފާރުތައް ވެއްޓި، ރަށުތެރެ މުޅިން ހައިޖާނުވެއްޖެއެވެ. އެންމެފަހުން މުޅި ޝަހަރު އެކީގައި ފެނުގެ އަޑިއަށް ހިނގައްޖެ އެެވެ.

– އަބްދުއްރައްޒާގު އަލީ ލިޔުއްވާފައިވާ ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ ފޮތުން ނަގާފައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355