ވިންޑޯސްގެ އިތުރު ވާޝަންއެއް 2018 ގައި ނުކުންނަނީ

ޚަދީޖާ އާދަމް - 1 އަހަރު ކުރިން - 4 އޮކްޓޯބަރ 2017ވިންޑޯސް 10 ނިކުތް ހިސާބުން ފެށިގެންވެސް ވިންޑޯސްގެ އާ ވާޝަންްއަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަން ފެށިއެވެ. ބައެއް ހަބަރުތަކުން ބުނާގޮތުގައި ދެން ނިކުންނާނީ ވިންޑޯސް 11 އެވެ. މިއީ ވިންޑޯސް 10 އެ އަޕްޑޭޓެއް ކަމަށާއި 11 ގެ ބަދަލުގައި ދެން ނުކުންނާނީ ވިންޑޯސް 12 ކަމަށް ވެސް އަޑުތައް ފެތުރުނެވެ.

އެހެންނަމަވެސް މިއިން އެއްކަމެއްވެސް މައިކްރޯޝޮފްޓުން އަދި ޔަގީންކޮށްދީފަ އެއް ނުވެއެވެ. ހަބަރުތައް ބުނާގޮތުން ޔަގީންވާކަމަކީ ވިންޑޯސްގެ އިތުރު ވާޝަންއެއް ނުކުންނާނީ 2018 ގަ ކަމެވެ.

އައު ވިންޑޯސްގައި ގިނަ އާ ފީޗާސްތައް ހިމެނެއެވެ. އެގޮތުން މި ވިންޑޯސްގައި ގިނަ އަދަދެއްގެ ފޮންޓް ބޭނުން ކުރެވޭނެ އެވެ. އަދި މީގެ އިތުރުން ވިންޑޯސްގެ ކުލަ ބަދަލުކޮށްލަން ތީމް ގެ ބަދަލުގައި އެމީހަކު ބޭނުން ކުލައަަކަށް ވިންޑޯސްގެ ކުލަ ބަދަލުކޮށްދެވޭނެއެވެ.

“ކްއިކް އެކްސެސް” ފީޗާ ކުރީގެ ވިންޑޯސްތަކާއެކުވެސް އައެވެ. އެގޮތަށް މި ފީޗާރ ކުރީގެ ވިންޑޯސް ތަކަށް ވުރެ މާ ފަސޭހައިން 2018 ވަނަ އަަހަރު ވާޝަންގައި ލިބޭނެއެވެ. އެހެންކަމުން ކޮންޕިއުޓަރ ރީސްޓާޓު ކުރުމަށާއި ސަޓްޑައުން އަދި ސްލީޕަށް ލާން މާފަސޭހަވާނެ ކަމަށް ހަބަރުތަކުން ބުނެއެވެ.