twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނައުމާއަށް އެހީގެ ގޮތުގައި 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

Aug 29, 2017

ލެއަށް ކެންސަރު ޖެހި އެބަލީގެ ވޭން ތަހައްމަލުކުރަމުންދާ، ކުޅުދުއްފުށީ، ރިހިވެލި ނައުމާ މުހައްމަދަށް އެހީ ހޯދުމަށް ހިންގުނު ހަރަކާތްތަކުންނާއި ހެޔޮއެދޭ ފަރާތްތަކުން އެހީގެ ގޮތުންގައި ދިން ފައިސާގެ އަދަދު 4 ލައްކަށް ވުރެ މައްޗަށް އަރައިފި އެވެ.

ނައުމާއަށް އެހީވުމަށް ފަންޑް ރައިޒްކުރުމުގެ ގޮތުން ކުޅުދުއްފުއްޓާއި މާލޭގައި ހަރަކާތްތަކެއް ހިންގި އެވެ. އެގޮތުން ކުޅުދުއްފުށީގައި ތަކެތި ވިއްކައިގެން ހިންގުނު ހަރަކާތުން 29،000ރ ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. މަކުނުދޫ ދީނީ ގޮފިން އިސްނަގައިގެން މާލޭގައި ހިންގި ހަރަކާތުން 36،000ރ ވުރެ ގިނަ ފައިސާ ލިބިފައިވާއިރު ކުޅުދުއްފުށީ ހޮސްޕިޓަލުން މުވައްޒަފުންގެ ފަރާތުންވަނީ 19،000ރ ގިނަ ރުފިޔާ އާއި 1000 ޑޮލަރު ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ފަންޑު ފޮށި ބަހައްޓައިގެންވެސް އެހީ ހޯދުމުގެ ހަރަކާތް ކުރިއަށްގެންދިޔަ އެވެ.

ނައުމާގެ ބޭބޭ އަހުމަދު މުހައްމަދު ބުނީ އެކި ފަރާތްތަކުން ހިންގި ހަރަކާތުން މިހާތަނަން ޖުމްލަ 4 ލައްކަވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ފަސްހާހެއްހާ ޑޮލަރުވެސް އެހީގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.

އާސަންދައިންގެ ދަށުން ބޭސް ކުރިނަމަވެސް އެފަރުވާ ހޯދުމަށް މަދުވެގެން 2 އަހަރު އިންޑިޔާގައި ނައުމާ ހުންނަށް ޖެހެ އެވެ.

ނައުމާ މިހާރު ފަރުވާ ހޯދަމުންދަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގައި އެވެ.

ނައުމާއަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ނައުމާގެ ދައްތަ ނަދީމާ މުހައްމަދަށް 9908002 އަދި ނައުމާގެ ބޭބެ އަހުމަދު މުހައްމަދު 9742184 ގުޅުވައިގެން މައުލޫމާތު ހޯދެވުން އެދެމެވެ. އަދި އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތަކުން ލަތީފާ ހަސަން  ބީއެމްއެލް ރުފިޔާ އެކައުންޓް 7706460644001  އަދި ޑޮލަރު އެކައުންޓް 7706219199001 އަހުމަދު މުހައްމަދު އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355