twitterviber whatsapp telegramfacebookyoutube instagram
18th April 2026

ކުޅުދުއްފުށީގައި އީދު ނަމާދުކުރުން އޮތީ މިސްކިތްތަކުގަ

Aug 30, 2017

މިއަހަރުގެ ބޮޑު އީދު ނަމާދު މިސްކިތްތަކުގައި ކުރާ ގޮތަށް ކުޅުދުއްފުށީ ކައުންސިލުން ނިންމައިފި އެވެ.

މިދިޔަ އަހަރުތަކުގައި ކުޅުދުއްފުށީގައި އީދު ނަމާދުކުރުން ބާއްވާފައިވަނީ ބޮޑު ޖަމާއަތުގައި ސްޓޭޑިއަމްގަ އެވެ. ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ބައެއް އަހަރުތަކުގައި އެންމެ ފަހު ވަގުތު މިސްކިތްތަކަށް ބަދަލުކޮށްފައި އެބަހުއްޓެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ ބޮޑު ޖަމާއަތުގައި އީދު ނަމާދުނުކުރާ މިފަހަރު ގޮތަށް ނިންމީ ވިއްސާރަ ދުވަސް ކޮޅަކަށްވުމުން ކަމަށެވެ. އީދު ނަމާދު ކުރާނީ ހުކުރު ކުރާ ފަސް މިސްކިތުގައި އެވެ.

އޭނާ ވިދާޅުވީ މިސްކިތްތަކުގައި އީދު ނަމާދު އިމާމުވެ ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ މައުލޫމާތު މިއަދު އާންމުކޮށް، މިސްކިތްތަކަށް އަންގާނެ ކަމަށެވެ.

މިދިޔަ އަހަރުތަކުގައި އީދު ނަމާދު ސްޓޭޑިއަމްގައި ކޮށްފައިވަނީ އާއްމު ފަރާތެއް އިސްނަގައިގެންކަން، ބައެއް ފަރާތްތަކުގެ އެހީތެރިކަމައެކުކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355