ހައްޖުވުމަށްޓަކައި 28 އަހަރުގެ ޒުވާނަކު އިންޑޮނޭޝިއާއިން މައްކާއަށް 9000 ކިލޯ މީޓާރަށް ހިނގާފަ ގޮސްފި އެވެ.
އިންޑޮނޭޝިޔާގެ ރައްޔިތެއްކަމަށްވާ މުހައްމަދު ޚާމިމް ސެއިތިވާން ހައްޖުވުމަށްޓަކައި މައްކާއަށް ދިއުމަށް ދަތުރުފަށާފައިވަނީ އޭނާ އުފަންރަށް ސެންޓަރަލް ޖަވާއިން މިދިޔަ އަހަރު 28 އޮގަސްޓުގަ އެވެ.
މި އަހަރުގެ ހައްޖު ވުމަށް ސައުދީ އަރަބިއްޔާއަށް އައުމަށް އެއް އަހަރު ދުވަހުގެ ދަތުރެއް ޚާމިމް ކޮށްފައިވާއިރު ދަތުރުގެ ތެރެއިން އިންޑޮނޭޝިޔާ، މެލޭޝިޔާ، ތައިލެންޑް، މިޔަންމާ، އިންޑިޔާ، ޕާކިސްތާނު، އޯމާން، ޔޫއޭއީ ވަނީ ހުރަސްކޮށްފަ އެވެ.
އިންޑޮނޭޝިޔާއިން ހިނގާފަ ހައްޖުވުމަށް ދިޔަ ޚާމިމް–
ދަތުރުގެ ތެރޭގައި ޚާމިމް ވަނީ ރޯދަހިފާފައެވެ. އަދި ދަތުރުގެ ތެރޭގައި ނިދާފައިވަނީ މިސްކިތްތަކުގައާއި، އާންމު މީހުންގެ ގެ ތަކުގެ އިތުރުން ޖަންގަލީގައި ކޭމްޕު ޖަހައިގެންނެވެ. މީގެ އިތުރުން ދަތުރު މަތިން ދިމާވި ގިނަ ބަޔަކު ޚާމިމްއަށް ވަނީ ކާނާއާއި ބޯފެން ފޯރުކޮށްދީފަ އެވެ.
ދަތުުރު މަތީގެ ފޮޓޯއާއި އެކު ކުރެވުނު ތަޖުރިބާ ޚާމިމް ވަނީ ސޯސަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
މިދިޔަ އަހަރު ހައްޖުވުމަށް މައްކާއަށް ދިއުމަށް 47 އަހަރުގެ ބޮސްނިޔާގެ ރައްޔިތަކު ވަނީ 5700 ކިލޯ މީޓަރަށް 314 ދުވަސް ތެރޭގައި ހިނގާފަ އެވެ.