twitterviber whatsapp telegramfacebookyoutube instagram
17th May 2024

ސްޓޭޑިއަމްގައި އީދު ނަމާދުކުރުމުގެ ހުއްދަ ފަހު ވަގުތު އަމިއްލަ ފަރާތްތަކަށް ދީފި

Aug 31, 2017

ކުޅުދުއްފުށީގައި މިއަހަރު އީދު ނަމާދުކުރުން ހަމަޖެހިފައި އޮތީ މިސްކިތްތަކުގައި ކަމަށް އިއުލާންކުރުމަށް ފަހު، އެންމެ ފަހު ވަގުތު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ ހުއްދަ އަމިއްލަ ފަރާތްތަކަށް ކައުންސިލުން ދީފި އެވެ.

ކައުންސިލުން އިއްޔެ ބުނެފައިވަނީ މޫސުމް ގޯސްވުމުގެ ސަބަބުން ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ބަދަލުގައި މިސްކިތްތަކުގައި ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ އީދު ނަމާދުކުރުން އޮންނާނީ ހުކުރުކުރާ ހަތަރު މިސްކިތުގައި ކަމަށް ކުރިން ކައުންސިލުން އިއުލާންކޮށްފައިވެ އެވެ. ނަމަވެސް މިހާރު މިސްކިތްތަކުގެ އިތުރުން ސްޓޭޑިއަމްގައިވެސް އީދު ނަމާދުކުރުން އޮންނާނެ އެވެ.

ކައުންސިލް މެމްބަރަކު މިއަދު ކޭއޯ ވިދާޅުވީ މިސްކިތްތަކުގައި އީދު ނަމާދުކުރާ ގޮތަށް ބަދަލުކުރި ފަހުން އަމިއްލަ ފަރާތްތަކުން އެދިގެން ސްޓޭޑިއަމްގައި އީދު ނަމާދުކުރުމުގެ ހުއްދަށް އިއްޔެގެ ވަރަށް ފަސްވި ފަހުން ދީފައިވާ ކަމަށެވެ. ސްޓޭޑިއަމްގައި އީދު ނަމާދު ކުރުމުގެ ހުއްދަ ދީފައިވަނީ މީގެ ކުރީގެ އަހަރުތަކުގައިވެސް އެކަން ކުރި ހުސެއިން އަލީ (ކޭ.ޑީ) އަށެވެ.

ހުސެއިން އަލީ ބުނީ މިއަހަރުވެސް ސްޓޭޑިމްގައި އީދު ނަމާދުކުރުން އޮންނާނެކަމަށެވެ. ކުރީގެ އަހަރުތަކެކޭވެސް އެއްފަދައިން ފިރިހެންނުންނާއި އަންހެނުންނަށް ވަކިން ނަމާދުކުރޭވޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މިއަހަރު އީދު ނަމާދަށް ޕިކަޕްތަކުގައި ސްޓޭޑިއަމްއަށް މީހުން ގެންދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާނުވާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އީދު ނަމާދުކުރާ ތަން ތައްޔާރުކުރުމުގައި އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން 9645858 ނަމްބަރަށް ގުޅައިގެން ކުރިއަށްގެންދިއުމަށެވެ.

ރަސޫލާގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355