twitterviber whatsapp telegramfacebookyoutube instagram
1st November 2025

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ބަކަރިއެއް ވަދެއްޖެ

Aug 31, 2017

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ފިހާރައަށް ބަކަރިއެއް ވަދެއްޖެ އެވެ. ކުޅުދުއްފުށީގައި ހިނގި މިހާދިސާގައި ގެއްލުންވެފައިވަނީ “ކްރީކް” ނަމަކަށް ކިޔާ ފިހާރަކަށެވެ.

މިރޭ ގާތްގަނޑަކަށް 7 ޖަހާއެހާއިރު ހިނގި މިހާދިސާގައި ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ވަނީ ވަރަށް ބޮޑަށް ތަޅައިގެން ގޮހެވެ. އަދި މިހާދިސާގައި ބަކަރީގެ އެއް ފަޔަށް ވަނީ އަނިޔާވެފަ އެވެ.

ބަކަރި ދޫވެފައިވަނީ އައްސާފައި އިން ވާގަނޑު ކަނޑާލައިގެން ގޮސް، އޭގެ ވެރި މީހާއަށް އަތުނުވާން ދުވަމުން ގޮސް ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑުގައި ޖެހިގެންނެވެ.

ގްރީކް ފިހާރަ–

މިބަކަރިއަކީ އާދައިގެ ހެޔޮވަރުގެ ކަޅުކުލައިގެ ބަކައްޓެވެ.

ބަކަރި މިހާރުވަނީ އޭގެ ވެރި މީހާ ބެލުމުގެ ދަށުގަ އެވެ. މިބަކަރިއަކީ މާދަމާ ކަތިލުމަށް ގަނެގެން ގެނެސްފައިން ބަކައްޓެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355