twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ދިރާގުން ބޮޑު އީދަށް ހާއްސަ ޑޭޓާ ޕްލޭންތަކަކާއިއެކު ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް!

Sep 1, 2017

މި އަހަރުގެ ބޮޑު އީދަށް ހާއްސަކޮށްގެން ދިރާގުން ބޮޑު އީދު ޑޭޓާ ޕެކް ގެ ނަމުގައި ވަރަށް ހާއްސަ ޑޭޓާ ޕެކްތަކެއް ތައާރަފް ކޮށްފިއެވެ.

އެގޮތުން ދިރާގުން ވަނީ 3 އަގެއްގައި ޕަވަރ ޑޭޓާ ޕްލޭންތަކެއް ތައާރަފު ކޮށްފަ އެވެ. މީގެ އިތުރުން މި ކޮންމެ ޑޭޓާ ޕްލޭނެއް ނެންގެވިޔަސް ވައިބާ ބޭނުންކުރެއްވުމަށް 2GB ހިލޭ ޑޭޓާ ލިބިގެން ދާނެއެވެ.

މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެއްވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮގަސްޓް 2017 އިން ފެށިގެން 3 ސެޕްޓެމްބަރ 2017 ގެ ނިޔަލަށެވެ.

އިތުރު ޑޭޓާ ލިބިގެން ދާ ޕަވަރ ޑޭޓާ ޕްލޭންތައް

މި ޕްރޮމޯޝަނުގައި ދިރާގުގެ މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓޕެއިޑް ކަސްޓަމަރުންވެސް މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރެއްވޭނެއެވެ.

ބޮޑު ޢީދު ދުވަހާ ގުޅިގެން މި ފަދަ ޕްރޮމޯޝަނެއް ހިންގުމުގެ އެއް މަގުސަދަކީ ދިރާގުގެ ޑިގިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި ޑޭޓާ ޕްލޭން ތަށް އެކްޓިވޭޓް ކުރެއްވުމަށް *123*8*2# އަށް ޖެހޭނީ ގުޅާލައްވާށެވެ. ނުވަތަ ADD(space)SMS KEYWORD ޖެއްސެވުމަށްފަހު 343 އަށް މެސެޖް ކޮށްލައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355