ތަޖުރިބާ ކާރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަބުދުﷲ އަފީފް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެ އެވެ.
މާދަމާއިން ފެށިގެން ޑރ އަފީފް ތިންދުވަހުގެ މުއްދަތަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.
އެގޮތުން މާދަމާ ހެނދުނު 10 ން 12 އަށް އަދި ހަވީރު 4 ން 6 އަށެވެ. އަދި ހޮނިހިރުދުވަހު ހެނދުނު 10 ން 12 އަދި އާދިއްތަ ދުވަހު ހެނދުނު 10 ން 12 އަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޑރ އަފީފް ބަލި މީހުން ބަލާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލަށް ގުޅައިގެންވެސް އެޕޮއިންޓްމެންޓް ލިބޭނެކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓާ މިހާރު ހިންގަމުންދަނީ އިންޑިޔާގެ ނޫރުއިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް( އެންއައިއައި) އިންނެވެ. އެންއައިއައި އިން ހޮސްޕިޓަލާ ހަވާލުވި ފަހުން ހޮސްޕިޓަލުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.