twitterviber whatsapp telegramfacebookyoutube instagram
17th May 2024

ސިޔާސީ ޖޯކްތަކާއެކު ފޯރިގަދަ މަށިމާލި ޕެރޭޑް ސަމާލުކަން ހޯދައިފި

Sep 2, 2017

ކުޅުދުއްފުށީގައި ކުޅޭ އީދު ކުޅިވަރުތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ކުޅިވަރަކީ މަށިމާލި ޕެރޭޑެވެ. މަށި މާލި ޕެރޭޑަކީ އެންމެ ފުރަތަމަ ކުޅުދުއްފުށީގެ މަށިކުޅިން މަށިލައިގެން މާލިތަކެއް ނުކުމެ ރަށުތެރޭގައި ހިނގުން ކަމުގައި ވިޔަސް، މިހާރު މަށިމާލި ޕެރޭޑަކީ އެތައްކަމެއް އޭގެ ތެރޭގައި ހިމެނޭ އަދި އެތައް ބައިވަރު ވައްތަރުގެ މާލިތަކުގެ އިތުރުން މެސެޖުތަކެއް ގެނެސްދޭ ކުޅިވަރެކެވެ.

މަށިމާލި ޕެރޭޑްގެ ތެރެއިން “ދަތްދޮޅި” މާލި–

ކުޅުދުއްފުށީގެ ގޮތަށް ބުނަނީނަމަ، އޭރެއްގައި އެންމެ “ޓްރެންޑިން” ކަންކަމަށް ހަޖޫ ޖަހާލުމެކެވެ. މިއަހަރުގެ މަށިމާލި ޕެރޭޑުންވެސް ސިޔާސީ ގިނަ ޖޯކްތަކެއް ފެށިގެން ދިޔަ ސަރުކާރުން ރައްޔިތުންނަށްވެފައިވާ ބައެއް ވައުދުތައް ނުފުއްދާތީ އެކަމަށްވެސް ހަޖޫ ޖަހާފަ އެވެ. އޭގެއިތުރުން މިހާރު ސިޔާސީ މަސްރަހު ހަލަބޮލި ހިނގަމުންދާ ކަންކަމަށް ހަޖޫ ޖަހައި ގިނަ މާލިތަކެއް މި ޕެރޭޑްގައި ބައިވެރިވެފައިވެ އެވެ. އެގޮތުން “މޯޅިނުވާ ފިނިފެންމާ” އާއި، “ދަތްދޮޅި”ފަދަ މާލިތައް ދައްކާލި އެވެ.

މަށިމަލީ ޕެރޭޑްގެ ތެރެއިން “ނުގެއްލޭ ގޮނޑީ”–

ސިޔާސީ މަސްރަހާ ގުޅިގެން އެންމެ ހަލަބޮލިވެފައިވާ ރައްޔިތުންގެ މަޖިލީހާ ގުޅުވައިގެން ވެސް ވަނީ ވަރަށް ހަޖޫ ޖަހާފަ އެވެ. އެގޮތުން “ގެއްލުނު ހަތަރު ގޮނޑި” އާއި “ނުގެއްލޭ ގޮނޑި” ދައްކާލި އެވެ. މަޖިލީހުގައި އެންމެފަހު ދުވަހު ބޭނުންކުރި ބިސް ކޮތަޅު ވެސް މާއްޔެއް ވަނީ ޕެރޭޑްގައި ދައްކާލާފަ އެވެ.

މަށިމަލީ ޕެރޭޑްގެ ތެރެއިން “މޯޅިނުވާ ފިނިފެންވާ މާލި”–

ކޮރަޕްޝަނާތަކާ ގުޅޭ މާލިތަކެއް ވެސް ޕެރޭޑްގައި ބައިވެރިވި އެވެ. އެގޮތުން “ކަޅު ފައިސާ ދޮންނަ މެޝިނާ” “ސިޔާސީ ކުޑަގޮޅި” އާއި، “ޑޮލަރު ފޮށި” އާއި “ހަލާލު ފައިސާ” މާލިތައް ދައްކާލާފައިވެ އެވެ.

މަށިމާލި ޕެރޭޑްގެ ތެރެއިން “ކަޅު ފައިސާ ދޮވުން–

ކޮންމެއަކަސް ސިޔާސީ ގިނަ ޖޯކްތަކާއެކު މި އަހަރު ވެސް ކުޅުދުއްފުށީ މަށިމާލި ޕެރޭޑް ވެގެން ގޮސްފައިވަނީ ގިނަ ބަޔަކު ސަމާލުކަން ހޯދި މަގުބޫލު ޕެރޭޑެކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355