twitterviber whatsapp telegramfacebookyoutube instagram
17th May 2024

މިޔަންމާއާ ދެމެދުއޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ސަރުކާރުން ނިންމަވައިފި

Sep 4, 2017

ދިވެހި ރާއްޖެއާއި މިޔަންމާއާ ދެމެދުއޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ސަރުކާރުން ނިންމަވައިފި އެވެ.

ސަރުކަރުން މިހެން ނިންމާފައިވަނީ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާމެދު އެ ގައުމުގެ ސަރުކާރުން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށެވެ.

މި ނިންމުމާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުއްވި ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖެއާއި މިޔަންމާއާ ދެމެދުއޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ސަރުކާރުން ނިންމެވީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓާލުމާ ހަމައަށްކަމަށެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގައި ހިންގާ އަނިޔާވެރި އަމަލުތަކުގައި އެތައް ސަތޭކަ ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނެއް މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ ރާއްޖެއިން ހިތާމަ ކުރާކަމަށާއި، މިޔަންމާގައި ހިންގަމުންދާ ލޭ އޮހޮރުންތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއިން ހަރުކަށި އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖެއިން ވަނީ އދ ގެ ސެކްރެޓަރީ ޖެނެރަލް އަދި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ބަލާ ފާސްކުރުމަށް ގޮވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355