ކޮންމެ އަހަރެއްގެ ވެސް ބޮޑުއީދު ނިމުން ކުޅުދުއްފުށީގައި ފާހަގަކުރަނީ “ދަމު ހިނގުމުގެ” ކުޅިވަރުންނެވެ. މިއީ ރާއްޖޭގައިވެސް މެދުނުކެނޑި އެންމެ ގިނަ ދުވަސްވަންދެން ކުޅެމުންދާ ސަގާފީކުޅިވަރަށް ވުމަކީ ގާތް ކަމެކެވެ. ދުވަސްވީ މީހުން ބުނާގޮތުން ނަމަ މިކުޅިވަޅު ކުޅުދުއްފުށީގައި ކުޅޭތާ 150 ވުރެ ގިނަ އަހަރުވެދާނެ އެވެ.
ބެލެވޭ ގޮތުގައި އިންޑިޔާއިން އައިސްފައިވާ މިކުޅިވަރަކީ ގިނަ ބައެއްގެ ސަމާލުކަމަން ހޯދާފައިވާ ފައްކާ ކުޅިވަރެކެވެ. މިކުޅިވަރުގެ އެންމެ ހާއްސަ ބަޔަކީ ބެރުވެރިންނެވެ. އެއަށްފަހުން ހާއްސަ ހެދުންތަކެއްގައި ތިބޭ “ކަދާ މާލި”، “މުގުރުގަނޑު މާލި”، “ކޯރިގަނޑު މާލި” މިތިން މާއްޔަކީ އެމާލިތައް ނެތި ދަމުހިނގުން ފުރިހަމަ ނުވާނެ އެހާވެސް ހާއްސަ ތިން މާއްޔެވެ. ދެން އެއަށްފަހު ތަފާތު ގިނަ މާލިތަކެއް ހަރަކާތްތެރިވާނެ އެވެ.
މިހިސާބުން ފަށަން މިއުޅެނީ ދަމުހިނގުމުގައި ފެންނަ ވަރަށް ހާއްސަ މާޔަކަށެވެ. އެއީ “ބޮޑު މީހާ” އެވެ. ބޮޑު މީހާވެފައި އޮންނަނީ ގިނަ ދަމު ހިނގުމުގައި ފެންނަ ވަރަށް ހާއްސަ މާޔަކަށެވެ. އެމިހާ އިސްކޮޅުގައިވެސް ގާތްގަނޑަށް 20 ފޫޓް ނުވަތަ 30 ފޫޓް ހުންނާނެ އެވެ. ނަމާއެއް ވަރަށް ބޮޑު މީހާ ބޮޑުވާނެ އެވެ. ހުދު ހެނދުމުން ނަލަ ހެދިފައި ހުންނައިރު އެއް އަތުގައި ބޮޑުވެގެންވާ ތަސްބީހަ ފައްޗެއް އޮންނާނެ އެވެ. އަނެއް އަތުގައި ބޮޑު ބަޑި އެކެވެ.
ރޭގެ ދަމުހިނގުމުން ބޮޑު މީހާ ނުފެނުމުން އެންމެވެސް “މިސްވި” އެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ ބޮޑު މީހާ ފެންނާނެ ކަމަށެެވެ. ” ބޮޑު މީހާ އަންނާނެކަމަށް ހީކޮށްގެން މިއައީ، ނައިމަ ވަރަށް ސަކަރާތް ” ދަމުހިނގަން ބަލަން ގޮސް ހުރި މެދު އުމުރުގެ އަންހެނަކު ބުންޏެވެ.
ފަހަކަށް އައިސް ބޮޑު މީހާ ނެރެނީ ރަށުގެ މަޝްހޫރު ވިޔަފާރިޔަކު އިސްވެހުރެ އެވެ. އެވާހަކަ އިހަށް މިފަހަރު ބާއްވާށެވެ.
ދެން ދަމުހިނގުމުން ފެންނަ އެންމެ ހާއްސަ އެއްމާޔަކީ “ހަންޑިގަނޑާރަ” އެެވެ. ހަންޑިގަނޑާރަ ނުފެނުމުންވެސް ދަމުންހިނގުމަށް ފަޅުކަން ގެނުވި އެވެ. ނަމަވެސް ރޭގައި ދަމުހިނގުމުން ފާހަގަކުރެވުނު ކަންތައްތައްވެސް އެބަހުއްޓެވެ. އެގޮތުން އެކަށީގެންވާ ވަރަށް ކަނދާމާއްޔާއި މުގުރުގަނޑު މާލި އަދި ކޯރިގަނޑު މާލިތައް ފެނިގެންދިޔަ އެވެ.
އަންނަ އަހަރުގެ ދަމުހިނގުން މިއަހަރަށް ވުރެ ފުރިހަމަ ކުރުމަށް ކައުންސިލާއި ރަށުގެ ރައްޔިތުން މަސައްކަތް ކުރާނެކަމާމެދު ޝައްކެއްވެސް ނުކުރަމެވެ.