ސެމްސަންގ އެސް 9 ނެރެނީ ހީކުރިވަރަށްވުރެ އަވަހަށް

ނަސްވާ ޙަސަން - 1 އަހަރު ކުރިން - 4 ސެޕްޓެމްބަރ 2017ސެމްސަންގްގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ގެލެކްސީ އެސް8 އާއި އެސް8 ޕްލަސް ލޯންޗް ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުއެވެ. އެސް 8 ލޯންޗް ކުރިތާ އަހަރެއް ނުވަނީސް ސެމްސަންގ އެސް 9 ލޯންޗް ކުރާނެ ކަމުގެ އަޑު ފެތުރެމުން އެބަދެއެވެ.

އެންމެ ފުރަތަމަ މިކަމުގެ އަޑު ފެތުރިފައިވަނީ އެންޑްރޮއިޑްސް ހެޓްލައިންސް ނަމަކަށް ކިޔާ ބޮލޮގް އަކުންނެވެ. އެ ބޮލޮގް ގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ސެމްސަންގ ގެލެކްސީ އެސް 9 ލޯންޗް ކުރާނެ ކަމަށެވެ. އަދި ފެބްރުއަރީ މަހު ބާޒާރަށް ނިކުންނާނެ ކަމަށެވެ.

އޭގެ އިތުރުން ސެމްސަންގ ކުންފުނިން އެސް 9 ގެ މަސައްކަތް ފެށިފައިވަނީ ހީކުރިވަރަށް ވުރެ ތިން ހަތަރު މަސް ކުރިން ކަމަށް ބުނެފައި ވެއެވެ.

އަދި އެންޑްރޮއިޑްސް ހެޓްލައިންސްގައި ބުނެފައިވާ ގޮތުގައި މި ފޯނު ލޯންޗް ކުރާނީ ކުއަލްކޮމްގެ އެންމެ ފަހުގެ ސްނެޕް ޑުރެގަން 845 ގެ ޗިޕްސެޓް އަދި އެންޑްރޮއިޑް 8.0 އޮރެއޯ އަކާއި އެކުގައި ކަމަށެވެ.


ގުޅުން ހުރި ލިޔުންތައް