ބަލި މީހާއަށް އެބައްޔެއްގެ ދަތު އިހުސާސް ކުރެވޭމިންވަރު ދައްކުވައިދޭ ކޮންފިއުޓަރ ސިސްޓަމެއް އުފައްދައިފި އެވެ.
އިންގްލޭންޑްގެ މަސަޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި މަސައްކަތް ކުރާ ޑިއަންބު ލިއު އަދި އޭނާގެ ރައްޓެހިން އުފެއްދި މި ސިސްޓަމުން ބަލި މީހާއަށް ބަލީގެ ވޭން އިހުސާސް ވާވަރު ދައްކަ ދޭނެއެވެ. އެހެން ކަމުން “ފޭކް” ބަލި ވާމީހުން ސިސްޓަމުން ދެނެގަނެވޭނެއެވެ.
ލިއު ބުނީ ބަލިމީހާ ބަލީގެ ތަފްސީލް ދޭއިރު ނުވަތަ ވާގޮތް ކިޔާދޭއިރު އެކަށީގެންވާ ގޮތަށް ތަފްސީލް ދޭން ނޭގުމުން ޑޮކްޓަރަށް ބަލި ދެެނެގަންނަށް އުނދަގުވެ ފަރުވާދޭންވީގޮތް ނޭނގޭ ކަމަށާއި ސަބަބަކީ ސީދާ ބަލި ދެނެގަންނަށް ގަންނަން ނޭނގުން ކަމަށެވެ. ނަމަވެސް މި ސިސްޓަމުގެ އެހީގައި ބަލި މީހާއަށް ފަރުވާ ދޭންވީގޮތް ޑޮކްޓަރުންނަށް އެނގޭނެކަމަށްވެސް ލިއު ބުނެފައި ވެއެވެ.
މީގެ އިތުރުން ލިއު ބުނި އަލްގޮރިދަމް އަކަށް ދޮގެއް ނުހެދޭނެ ކަމަށާއި މި ސިސްޓަމް ވެގެންދާނީ ޑޮކްޓަރުންނަށް ބަލިމީހުންނަށް ފަރުވާދިނުމަށް ލުއިފަސޭހަ ކޮށްދޭނެ ސިސްޓަމަކަށް ކަމަށެވެ.
އެގޮތުން މި ސިސްޓަމް ވަނީ ޓެސްޓްވެސް ކޮށްފައެވެ. ކޮނޑުގައި ރިހޭ ބަލި މީހަކާއެކު މި ޓެސްޓު ކުުރުމުގެ ތެރޭގައި ކޮނޑު އެކި ގޮތްގޮތަށް ހަރަކާތް ކުރުމުން އެންމެ ބޮޑަށް ރިހެނީ ކިހިނެތް ހެދުމުން ކަންވެސް ސިސްޓަމުން ދެނެގަނެވެއެވެ.